މައިގަނޑު ބަޔަށް ދާން

ހަބަރު

އައުޤާފް އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް ޗެއާޕާސަނާއި އެމްޑީ ހިމެނޭހެން ހަތް މެންބަރުން އައްޔަންކޮށްފި

ސަރުކާރުން މި އަހަރު އުފެއްދި މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއާޕާސަނާއި މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ހިމެނޭ ގޮތަށް ހަތް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

އައުޤާފް އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް ޗެއާޕާސަނާއި އެމްޑީ ހިމެނޭހެން ހަތް މެންބަރުން އައްޔަންކޮށްފި

ސަރުކާރުން މި އަހަރު އުފެއްދި މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއާޕާސަނާއި މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ހިމެނޭ ގޮތަށް ހަތް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ. އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.

މި ދެ ބޭފުޅުންގެ އިތުރުން ބޯޑަށް އައްޔަންކުރެއްވި ފަސް މެންބަރުންނަކީ ށ. ފޮއްދޫ، ޔާގޫތުގެ، ޙުސައިން ޝާމް އާދަމް އާއި، މ. ބަރަކަ، ޑރ. މުޙައްމަދު ޝުޖާޢު އާއި، ގދ. ތިނަދޫ، ވެލަގަލާ، މަރްޔަމް ނިހާޔަތު އާއި، ރ. ކަނދޮޅުދޫ، މީނާޒް، ޢަބްދުﷲ ޢަލީ އާއި، ހދ. ވައިކަރަދޫ، ސައިމާގެ، މުޙައްމަދު ހިލްމީ އެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މި އަހަރުގެ ސެޕްޓެމްބަރު 12 ވަނަ ދުވަހު އުފެއްދެވި، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކޮށް ބެލެހެއްޓުމާއި، މިސްކިތްތައް ޢިމާރާތްކޮށް މަރާމާތުކުރުމާއި، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.