އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޖަމީލާގެ ނަން މަޖިލީހަށް ހުށަހަޅައިފި
އެމްބެސެޑާ އެޓް ލާޖް ޖަމީލާ އަލީ ހާލިދު އިނގިރޭސިވިލާތުގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވައި، އެ މައްސަލަ ހާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް މިހާރު އެމްބެސެޑާ އެޓް ލާޖުގެ ގޮތުގައި ހުންނެވި ޖަމީލާ އަލީ ހާލިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތީން ހުށަހެޅި މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
ޖަމީލާ އަކީ ދައުލަތުގެ ތަފާތު މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން 2017 ވަނަ އަހަރުން 2019 ވަނަ އަހަރަށް ޖަރުމަނުގައި ހުންނެވި ފުރަތަމަ ދިވެހި ސަފީރުގެ ޒިންމާ އެ ކަމަނާ އުފުއްލެވިއެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ފުރުއްވައިފައިވެއެވެ.
އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް މިދިޔަ އެޕްރީލް މަހު ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މި ނަން ފާސްކުރުމާ މެދު ދެން ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމުންނެވެ.
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު ހުސައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް