Newscast
ހަބަރު

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހައުސިން މިނިސްޓަރު މުއްތަލިބް ނޫސްވެރިންނާއެކު... ފޮޓޯ: ރައީސް އޮފީސް

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ ތެރޭގައި ފާހަގަވާ މައްސަލަތަކާ ގުޅިގެން އިތުރު ލިޔެކިޔުން ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ ފުރުޞަތެއް ދޭނެ ކަމަށް ހައުސިން ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ވުޒާރާއިން ފޮނުވާ ނޯޓިސްގައިވާ މަޢުލޫމާތު ސައްޙަ ނޫން ކަމަށް ޤަބޫލުކުރެވޭނަމަ ނުވަތަ އެ ނިންމުމަށް އިޢުތިރާޒުކުރާނަމަ ހަތް ދުވަހުގެ ތެރޭގައި ގުޅުން ހުރި ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ. ކަނޑައެޅި މުއްދަތުގައި ޖަވާބެއް ނުދީފިނަމަ އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ފުރިހަމަ ނޫން ފޯމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ހަމައެއާއެކު ޖަވާބު ހުށަހެޅުމުގައި ބޭނުންކުރެވޭނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް ކަމަށާއި އީމެއިލް ނުވަތަ ސިޓީ ފަދަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ޖަވާބެއް ޤަބޫލުނުކުރާނެ ކަމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން ވުޒާރާއިން ފެށީ ޖޫން 22 ގައެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 58,505 ފޯމު ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 35,930 ފޯމަކީ ފުލެޓަށް އެދި ހުށަހެޅި ފޯމެވެ. އަދި 22,575 ފޯމު ހުށަހަޅާފައި ވަނީ ގޯއްޗަށް އެދިއެވެ.

މި ސްކީމުގެ ދަށުން 7,900 ފުލެޓާއި 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ފުލެޓް ލިބޭ ފަރާތްތައް މި އަހަރުގެ ތެރޭގައި ކަނޑައަޅައި އެކަން އިޢުލާނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވެއެވެ.

ހަބަރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ދުނިޔެ 22 Aug 2026

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ހަބަރު 22 Aug 2026

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.