Newscast
ހަބަރު

ކުންފުނިތަކުން ވަކިކުރާ މީހުންނަށް ވިޔަފާރި ފެށުމަށް 600 މިލިޔަން ރުފިޔާގެ ފަންޑެއް ޤާއިމުކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 18 Aug 2026
ކުންފުނިތަކުން ވަކިކުރާ މީހުންނަށް ވިޔަފާރި ފެށުމަށް 600 މިލިޔަން ރުފިޔާގެ ފަންޑެއް ޤާއިމުކޮށްފި
އެސްޓީއޯ

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކުރުމަށް ރީސްޓްރަކްޗަރ ކުރާ މަރުހަލާގައި ވަޒީފާއިން ވަކިކުރެވޭ ފަރާތްތަކަށާއި އަމިއްލައަށް ވަކިވާ ފަރާތްތަކަށް އެހީތެރިވުމުގެ ޕްލޭނެއް ރާވާފައިވާ ކަމަށެވެ. ކުންފުނިތަކުން މީހުން ވަކިކުރުމުގެ ކުރިން އެ މީހުންނަށް އެހެން ގޮތްތައް ހޯދައިދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން ވަޒީފާ ގެއްލޭ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރިއެއް ފެށުމުގެ މަގު ތަނަވަސްކޮށްދިނުމަށް "ކުމެވި" ގެ ނަމުގައި 600 މިލިޔަން ރުފިޔާގެ ފަންޑެއް ޤާއިމުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކުރުމަށް ރީސްޓްރަކްޗަރ ކުރާ މަރުހަލާގައި ވަޒީފާއިން ވަކިކުރެވޭ ފަރާތްތަކަށާއި އަމިއްލައަށް ވަކިވާ ފަރާތްތަކަށް އެހީތެރިވުމުގެ ޕްލޭނެއް ރާވާފައިވާ ކަމަށެވެ. ކުންފުނިތަކުން މީހުން ވަކިކުރުމުގެ ކުރިން އެ މީހުންނަށް އެހެން ގޮތްތައް ހޯދައިދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ މި ފަންޑުން ފައިސާ ލިބޭނީ ޕްރޮޕޯސަލް ހުށަހެޅުމުން އެ ޕްރޮޕޯސަލް ބެލުމަށްފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ. ލޯނަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ބީސީސީ މެދުވެރިކޮށް ކޮށްދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ފަންޑުގައި ހިމެނޭ ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި ކުރިން ވެސް ހުރި ފައިސާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"600 މިލިއަން ރުފިޔާގެ ފަންޑެއް ގޤާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ [ލިބޭ ގޮތަށް] އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ." ޒަރީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ސިޔާސަތުގެ ބޭނުމަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ބަރޯސާވުން ކުޑަކޮށް ޒުވާނުންނަށް އަމިއްލަ ވިޔަފާރީގެ ޒަރީއާއިން އާމްދަނީ ހޯދުމުގެ ފުރުސަތު ފުޅާކޮށްދިނުން ކަމަށެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވަތަނީ ޚިދުމަތް ފުރިހަމަކުރި ޒުވާނުންނަށް ކަސްޓަމްސްގެ 26 މަޤާމަކަށް ހުޅުވާލައިފި
ހަބަރު 18 Aug 2026

ވަތަނީ ޚިދުމަތް ފުރިހަމަކުރި ޒުވާނުންނަށް ކަސްޓަމްސްގެ 26 މަޤާމަކަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ކަސްޓަމްސްގެ އިއުލާނުގައިވާ ގޮތުން ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ޤައުމީ ޕްރޮގްރާމެއް ނިންމައި ސެޓްފިކެޓް ހޯދާފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ.

މަޖިލީހުގެ ދެވަނަ ދައުރު 27 އޮގަސްޓާ ހަމައަށް ދެމިގެންދާ ގޮތަށް ފާސްކޮށްފި
ހަބަރު 18 Aug 2026

މަޖިލީހުގެ ދެވަނަ ދައުރު 27 އޮގަސްޓާ ހަމައަށް ދެމިގެންދާ ގޮތަށް ފާސްކޮށްފި

މި ބަދަލު ގެނައުމަށް ރިޔާސަތުން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށް ވާއިރު އެމަނިކުފާނު ވިދާޅުވީ ދައުރުގައި ނިންމަން ޖެހޭ އެކި މަސައްކަތްތައް އެބަ ހުރި ކަމަށާއި ކޮމިޓީ މަރުހަލާގައި ވެސް ގިނަ ކަންކަން ފުނިޖެހިފައިވާ ކަމަށެވެ.

ބޭރު ކޮންޓްރެކްޓަރުންގެ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ އިސްލާޙަށް މަސީން ޝުކުރު އަދާކޮށްފި
ހަބަރު 18 Aug 2026

ބޭރު ކޮންޓްރެކްޓަރުންގެ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ އިސްލާޙަށް މަސީން ޝުކުރު އަދާކޮށްފި

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގް ޓެކްސް ކުރިން އޮތީ %10 ގައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި 20 ގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެ ރޭޓް %5 އަށް ތިރިކުރެއްވިއެވެ. އެ ބަދަލާ އެކު ދިވެހި ކޮންޓްރެކްޓަރުން މީރާއަށް ދައްކާ ޓެކްސްއާ އަޅައިބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް ކުޑަވެ ދެ ފަރާތުގެ ދެމެދުގައި ހަމަހަމަ ވާދަވެރިކަން ގެއްލިގެންދިޔައެވެ.

ޙައްޖާޖީންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ހަބަރު 18 Aug 2026

ޙައްޖާޖީންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި ދެ ފަރާތުން އެންމެ ބޮޑަށް އިސްކަން ދީފައިވަނީ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދިވެހިންނަށް ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް ގަތުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ރާވައި ދެ މުއައްސަސާގެ ގުޅުން ހަރުދަނާކުރުމަށެވެ.

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.