Newscast
ހަބަރު

ވިތުހޯލްޑިންގ ޓެކްސް %10 އަށް ބަދަލުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް އިންސާފު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 17 Aug 2026
ވިތުހޯލްޑިންގ ޓެކްސް %10 އަށް ބަދަލުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް އިންސާފު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ވޮއިސް

އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ޖުލައި 20 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ރޭޓު %10 އިން %5 އަށް ތިރިކުރައްވައި ޤާނޫނު އިސްލާޙު ތަޞްދީޤުކުރެއްވި ކަމަށެވެ. އެ ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުން މީރާއަށް ދައްކަންޖެހޭ މިންވަރު ދިވެހި ކޮންޓްރެކްޓަރުންނާ އަޅައިބަލާއިރު ކުޑަވެ ޓެކްސްގެ ގޮތުން ބޮޑު ލުޔެއް ބޭރު ފަރާތްތަކަށް ލިބިގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ވަޒަންވެރިނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރުމަށް ހުށަހެޅި އިސްލާޙާ ގުޅޭ ގޮތުން ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ތާއީދު ފާޅުކުރައްވައިފިއެވެ.

އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ޖުލައި 20 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ރޭޓު %10 އިން %5 އަށް ތިރިކުރައްވައި ޤާނޫނު އިސްލާޙު ތަޞްދީޤުކުރެއްވި ކަމަށެވެ. އެ ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުން މީރާއަށް ދައްކަންޖެހޭ މިންވަރު ދިވެހި ކޮންޓްރެކްޓަރުންނާ އަޅައިބަލާއިރު ކުޑަވެ ޓެކްސްގެ ގޮތުން ބޮޑު ލުޔެއް ބޭރު ފަރާތްތަކަށް ލިބިގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މުއްޠަލިބް ސިފަކުރެއްވި ގޮތުގައި މި ރޭޓު އަނެއްކާވެސް %10 އަށް ރުޖޫޢަކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނާ ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ގެއްލިފައި އޮތް ހަމަހަމަކަން އިޢާދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެ ބަދަލާ އެކު ދިވެހި ވިޔަފާރިވެރިންނަށް އާމްދަނީ ހޯދުމުގެ ހަމަހަމަ މާޙައުލެއް ޤާއިމުވާނެ ކަމަށް ވިދާޅުވިއެވެ.

ޤާނޫނަށް ހުށަހެޅި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ %10 ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަން ލާޒިމުވާނެއެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވެރެޖުކޮށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އިސްލާޙުކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.