އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
ސައޫދީ އަރަބިއާގެ އައް ނަސްރު ކްލަބާ އެކު މި ސީޒަނަކީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި އޭނާގެ ފަހު ސީޒަން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.
އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
"އަހަރެން ވާނީ އަހަރެންގެ ކުރިމަގު ކުރަހާފައި. ފުޓްބޯޅައިގެ ސަބަބުން ވަރަށް ބޮޑު ހުސް ކަމެއް އަންނާނެ. އެކަންކަން ޖެހޭނީ ރޭވުންތެރިކަމާއެކު ފޫބައްދަން. ގިނައިން ދަތުރު ކުރުން ގިނަ ކަންކަމުގައި މަޝްއޫލުވެ އުޅުން. ޕެޑަލް ކުޅުން. އެއީ އަހަރެން ވަރަށް ކުޅޭހިތްވާ ކުޅިވަރެއް" ރޮނާލްޑޯ ބުންޏެވެ.
ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހާސިލުކޮށްފައިވާ ރޮނާލްޑޯ ކެރިއަރުގައި ވެސް ނުލިބި އޮތް ހަމައެކަނި ބޮޑު ކާމިޔާބީ އަކީ ވޯލްޑް ކަޕެވެ. އެހެންނަމަވެސް މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި އައް ނަސްރުގައި އެތައް ތައްޓެއް އުފުލައި 25 އަހަރުގެ ދިގު ކެރިއަރެއް އޭނާ ވަނީ ބިނާކޮށްފައެވެ.
"އަހަރެން ބޭނުންވަނީ ވަރަށް ވަރުގަދަ ލެގަސީއެއް ދޫކޮށްލަން. ކެރިއަރަށް ފަހު އަހަރެން ހާސިލް ކޮށްފައިވާ ކާމިޔާބީތަކާ މެދު ފަހުރުވެރިވާން ޖެހޭނެ. އެއީ ޖުމުލަ 25 އަހަރުން އަހަރެން މިވަނީ ވަރަށް ގިނަ ކާމިޔާބީތައް ހާސިލް ކޮށްފައި. އެހެންވީމާ މީގެ ހިތްހަމަ ޖެހުން ފާޅު ކުރަންވާނެ" ރޮނާލްޑޯ ބުންޏެވެ.
އުމުރު މަތިވެ ކުޅޭ ލީގު ބަދަލުވި ނަމަވެސް ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ތާއީދު ލިބޭ އެއް ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ދެމިހުރީ އެ ތާއީދަށް ކުޑަވެސް ބަދަލެއް ނައިހެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް