Newscast
ހަބަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ދިމާކޮށް އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅާނެ --

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގެ ދެމެދުގައެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އެ ވުޒާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭ ޖާގަ މި މިސްކިތުގައި ހިމެނޭނެއެވެ. ނަމާދުކުރާ ޖާގައިގެ އިތުރުން ޤުރުއާން މިއުޒިޔަމެއް ވެސް މި މިސްކިތް ކޮމްޕްލެކްސްގައި ހިމެނެއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ބިންގާ އެޅުމުގެ ކުރިން ނިންމަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި މިސްކިތް ވެގެންދާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީޚާއި ޢިލްމާއި ޚިދުމަތް ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދޭ ތަރިކައަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢަށް ފައިނޭންސް ކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސައޫދީ ޢަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާ އެކު އެ ވުޒާރާއިން ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަޝްރޫޢު އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައެވެ.

ހަބަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ދުނިޔެ 22 Aug 2026

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހަބަރު 22 Aug 2026

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ހަބަރު 22 Aug 2026

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.