މައިގަނޑު ބަޔަށް ދާން

ހަބަރު

މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ފުރިހަމަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދުނިޔޭގެ މުދައްރިސުންގެ ދުވަހާ ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ލުއިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އަހުމަދު އާހިލް ސައީދު

މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ފުރިހަމަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދުނިޔޭގެ މުދައްރިސުންގެ ދުވަހާ ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ލުއިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ދުނިޔެއަކަށް ޒުވާނުން ތައްޔާރުކުރުމުގައި މުދައްރިސުން އަދާކުރައްވަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. އެ ބޭފުޅުންގެ ޢިލްމާއި ޤުރުބާނީ އަދި ޤައުމުގެ ޅަދަރިންގެ ވިސްނުން ބައްޓަންކޮށްދެއްވުމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވައި، ރައީސް ވަނީ ހިތުގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މުދައްރިސުން އެ ބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

"މި ސަރުކާރުން މުދައްރިސުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކުރުމާއި، މަސައްކަތްކުރާ މާޙައުލު އިތުރަށް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

"މުދައްރިސުންނަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ޤައުމު ބިނާވެގެންދާ ބިންގާ ވަރުގަދަކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކިޔަވައިދިނުމުގެ މާތް ޚިދުމަތުގެ އަގު ވަޒަންކޮށް، މުދައްރިސުން ބާރުވެރިކުރެއްވުމަށް އިންވެސްޓުކުރުމާ އެކު، ކޮންމެ ކުއްޖެއްގެ ހުނަރު އެންމެ މަތީ ދަރަޖައަށް ތަރައްޤީކޮށްދެވޭ ފަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިއްބެވުމަށް ގޮވައިލައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.