Newscast
ހަބަރު

އެޗްޑީސީއަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 20 Aug 2026
އެޗްޑީސީއަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިއްޖެ
އެޗްޑީސީ ހިންގާ އިމާރާތް

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ޝާއިޢުކުރި މި ރިޕޯޓުގައި އެޗްޑީސީގެ މާލީ ހިސާބުތަކަށް ދީފައި ވަނީ "ކްލީން އޮޕީނިއަން" އެކެވެ. އެއީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ހިސާބުތައް ތައްޔާރުކޮށްފައިވާ ކަމުގެ ހެއްކެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިދާރީ ޚަރަދުތައް %12.2 ކުޑަކޮށް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ޝާއިޢުކުރި މި ރިޕޯޓުގައި އެޗްޑީސީގެ މާލީ ހިސާބުތަކަށް ދީފައި ވަނީ "ކްލީން އޮޕީނިއަން" އެކެވެ. އެއީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ހިސާބުތައް ތައްޔާރުކޮށްފައިވާ ކަމުގެ ހެއްކެކެވެ.

ނަމަވެސް 2023 ވަނަ އަހަރާ އަޅައިބަލާއިރު އާމްދަނީ ވަނީ %45.8 ދަށަށް ގޮސްފައެވެ. 2023 ގައި 6.53 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް 2024 ގައި އެ ޢަދަދު ހުރީ 3.54 ބިލިއަން ރުފިޔާގައެވެ. އާމްދަނީ ދަށްވި ނަމަވެސް އެ ކުންފުނީގެ އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގު މައްޗަށް ދިއުމުން ލިބުނު 1.36 ބިލިއަން ރުފިޔާގެ ސަބަބުން ސާފު ފައިދާ ދެ ބިލިއަނަށް ވުރެ މައްޗަށް އެރީއެވެ.

ރިޕޯޓުން ފާހަގަވާ ގޮތުގައި ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން އެޗްޑީސީއަށް ދައްކަންޖެހޭ 2.20 ބިލިއަން ރުފިޔާ ހިމެނޭހެން ސަރުކާރު އިދާރާތަކުން ބޮޑެތި ޢަދަދުތަކެއް 2024 ނިމުނު އިރުވެސް ނުލިބި ހުއްޓެވެ.

އެ ކުންފުނީގެ ޖުމުލަ އެސެޓުގެ އަގު 2024 ނިމުނު އިރު 45.15 ބިލިއަން ރުފިޔާއަށް އެރިއިރު ރައުސްމާލު ވަނީ 30.44 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ޢަދަދުތަކުން ދައްކައިދެނީ މާލީ ގޮތުން އެޗްޑީސީ ވަރުގަދަ ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓެމުންދާ ކަމެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި
ހަބަރު 20 Aug 2026

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި

އެ ބައްދަލުވުން ފައްޓަވައިދެއްވައި ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ލަނޑުދަނޑިއެއް ބިނާވަނީ ފުޅާ ދާއިރާއެއްގައި ފަންނީ ދިރާސާކޮށް ސާބިތު ހެއްކަށް ބެލުމަށް ފަހު ނަތީޖާ ނެރެވޭނެ ގޮތަށް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ވަބާއާ ދެކޮޅަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދީ މުހިންމު ނިންމުންތައް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި
ހަބަރު 20 Aug 2026

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި

އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި
ހަބަރު 20 Aug 2026

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި
ހަބަރު 20 Aug 2026

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި

މި މަހުގެ ހަ ވަނަ ދުވަހު ފެށި އެ ފުރުސަތުގެ ސުންގަޑިއަކީ މިއަދު ކަމުގައި ކުރިން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި
ހަބަރު 20 Aug 2026

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި

އެ އޮފީހުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ޔަޒްމީދު މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް އަދާކުރައްވައިފައެވެ.

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ
ހަބަރު 20 Aug 2026

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ

"ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭނުގެ އޮނިގަނޑާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބައްދަލުކުރާނީ ގަލޮޅުގެ ރައްޔިތުންނާ ކަމަށާއި އެ ބައްދަލުވުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ވިލިމާލޭގެ ރައްޔިތުންނަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.