Newscast
ދުނިޔެ

ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 19 Aug 2026
ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ
ރޮބާޓޯ ކާރލޯސް؛ ފޮޓޯ / ބީބީސީ

މި ވާހަކަ ހާމަކޮށްފައިވަނީ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. ޝާހިން ބުނާ ގޮތުގައި ކާލޮސްއަށް ޝަހާދަތް ލައިދިނީ ބްރެޒިލްގެ މުސްލިމް ޖަމާޢަތުގެ އިސް ބޭކަލެއް ކަމުގައިވާ ޝައިޚް ޖިހާދް ހަމަދާއެވެ. އިސްލާމްދީނަށް ވަނުމުގެ ކުރިން އެކި ފަހަރުމަތިން ކާލޮސް ވަނީ ޝައިޚް ޖިހާދާ ބައްދަލުކޮށްފައި ކަމަށާއި ތުރުކީގައި އޭނާއާ ވެސް ކާލޮސްއާ ދިމާވި ކަމަށް ޝާހިން ބުނެފައިވެއެވެ.

ބްރެޒިލާއި ރެއާލް މެޑްރިޑުގެ ކުރީގެ ތަރި ރޮބާޓޯ ކާލޮސް މީގެ ހަތަރު ހަފުތާ ކުރިން ބްރެޒިލްގައި ޝަހާދަތް ކިޔައި އިސްލާމްދީން ޤަބޫލުކުރި ކަމުގެ ވާހަކަ ފެތުރި ދުނިޔޭގެ މީޑިއާގެ ސަމާލުކަން ރޭ ހޯދައިފިއެވެ.

މި ވާހަކަ ހާމަކޮށްފައިވަނީ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. ޝާހިން ބުނާ ގޮތުގައި ކާލޮސްއަށް ޝަހާދަތް ލައިދިނީ ބްރެޒިލްގެ މުސްލިމް ޖަމާޢަތުގެ އިސް ބޭކަލެއް ކަމުގައިވާ ޝައިޚް ޖިހާދް ހަމަދާއެވެ. އިސްލާމްދީނަށް ވަނުމުގެ ކުރިން އެކި ފަހަރުމަތިން ކާލޮސް ވަނީ ޝައިޚް ޖިހާދާ ބައްދަލުކޮށްފައި ކަމަށާއި ތުރުކީގައި އޭނާއާ ވެސް ކާލޮސްއާ ދިމާވި ކަމަށް ޝާހިން ބުނެފައިވެއެވެ.

މީގެ ކުރިން ކްރިސްޓިއަން ދީނުގައި ހުރި ޢުމުރުން 53 އަހަރުގެ ކާލޮސް ދީން ބަދަލުކުރި ކަމުގެ ވާހަކައަށް ބާރު ލިބެނީ ދާދި ފަހުން މޮރޮކޯގެ އަންހެން ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސުހައިލާ އެތަހިރީއާ ކައިވެނިކުރުމާ ގުޅިގެންނެވެ.

ސްޕެއިންގައި ދިރިއުޅޭ ސުހައިލާއާ ބެހޭ ގޮތުން ކާލޮސް ބުނީ "މިއީ ޕްރޮފެޝަނަލް ގުޅުމެއްގެ ތެރެއިން އުފެދުނު ލޯތްބެއް" ކަމަށެވެ. ކާލޮސްއަކީ ހަތް ބަނޑަށް 11 ކުދިންގެ ބައްޕައެކެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ވާތު ބެކް ކަމުގައިވާ ކާލޮސް ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ޤައުމީ ޓީމަށް 125 މެޗުން 10 ގޯލު ޖަހައިފައެވެ. ރެއާލް މެޑްރިޑުގައި 370 މެޗު ކުޅެ 47 ގޯލު ކާމިޔާބުކުރި އިރު އިޓަލީގެ އިންޓަ މިލާނާއި ތުރުކީގެ ފެނަބާޗޭއަށް ވެސް ކުޅެފައިވާ ކާލޮސް މިހާރު ހުރީ ރެއާލް މެޑްރިޑުގެ އެމްބެސެޑަރެއްގެ ގޮތުގައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި
ހަބަރު 19 Aug 2026

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި

ރައީސް އޮފީހާ ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ނިންމުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ބިދޭސީ މަސައްކަތްތެރިންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ނުވިއްކުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި
ހަބަރު 19 Aug 2026

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި

މިދިޔަ އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ފާސްކުރި މި ނިންމުމުގެ ތަފްޞީލް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބާވަތުގެ ބިދޭސީ ފަރާތަކަށް ދޫކުރެވޭނީ ހަމައެކަނި އެއް ސިމް ކާޑެވެ.

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި
ހަބަރު 19 Aug 2026

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި

އެފްޑީސީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ޚާއްޞަ ޕައިޕާ ގުޅާފައި ނުވުމުން ޝާފްޓް ސަރަޙައްދުތަކަށް ފެން ޖަމާވެ ޢިމާރާތާއި އެހެން ފްލެޓްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށެވެ.

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި
ހަބަރު 19 Aug 2026

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރި އެޅުމަށް ފަހު އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައިވެއެވެ. މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ އުސޫލުތަކާ ފުށުއަރާ ޢަމަލެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ހަބަރު 19 Aug 2026

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި ނިންމުމާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓް އަގު ބޮޑުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ. އެ ފަހަރު މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ރޫޓުތަކުގެ ޓިކެޓަށް 33 ޑޮލަރު )510.18 ރުފިޔާ( އިތުރުކޮށްފައިވެއެވެ.

ވީއައިއޭއަށް އައު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގައި މަޝްވަރާކުރަނީ
ހަބަރު 19 Aug 2026

ވީއައިއޭއަށް އައު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގައި މަޝްވަރާކުރަނީ

މި މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ވަފުދު ޒިޔާރަތްކުރަނީ މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގަށެވެ. ދަތުރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓު ކަމުގައިވާ ރަޝިއާއިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމެވެ.