Newscast
ހަބަރު

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ގިރާވަޅުފަޅޫ ބައްލަވާލައްވަނީ...

ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ގިރާވަރުފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެމްއެފްއެމްސީ(ގެ ބެލުމުގެ ދަށުން 70 ހެކްޓަރު ކުރިން ވަނީ ހިއްކައިފައެވެ. ނުހިއްކައި ބާކީ އޮތް 97.15 ހެކްޓަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާ ހަވާލުކޮށްގެންނެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު ދެ ފިޔަވައްސެއް އެއްކޮށް ބަލާނަމަ 105 ހެކްޓަރު މިހާރު ވަނީ ހިއްކައިފައެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިއްކަމުން އަންނަ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ނިންމައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށުމަކީ އަމާޒު ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ގިރާވަރުފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ ބެލުމުގެ ދަށުން 70 ހެކްޓަރު ކުރިން ވަނީ ހިއްކައިފައެވެ. ނުހިއްކައި ބާކީ އޮތް 97.15 ހެކްޓަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު ދެ ފިޔަވައްސެއް އެއްކޮށް ބަލާނަމަ 105 ހެކްޓަރު މިހާރު ވަނީ ހިއްކައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގިރާވަރުފަޅަށް ވަޑައިގެން މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިހާރު އޮތް ލޭންޑް ޔޫސް ޕްލޭނަކީ އެންމެ ބޭނުންވާ ގޮތަށް ފަރުމާކޮށްފައި އޮތް ޕްލޭނެއް ނޫން ނަމަވެސް ކުރީ ސަރުކާރުން ގޯއްޗެއް ލިބޭނެ ކަމުގެ އެއްބަސްވުން ހެދި ފަރާތްތަކަށް ވެސް ގޯތި ދޫކުރައްވާނެ ކަމަށެވެ. ޢާންމު ބޭނުންތަކަށް ބިން ހަމަޖެއްސުމުގައި ބައެއް ގޮންޖެހުންތައް ހުރި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ" މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފައްޓަވާނެ ކަމަށާއި ރަޖިސްޓްރީ ދޫކުރެވޭ ވަރަކުން ސާވޭ ކޮށް ބިން ހަވާލުކުރުން ކުރިއަށް ގެންދަވާނެ ކަމަށެވެ. ހަމައެއާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތް ވެސް އެންމެ އަވަހަކަށް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގޯތި ލިބިފައިވާ ފަރާތްތަކަށް ކަޑަ ޖެހުމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ލަސްވާ މައިގަނޑު ސަބަބަކީ ފަޅުގެ ފުންމިން ކަމަށެވެ. ޢާންމުކޮށް ރާއްޖޭގައި ހިއްކަނީ ދެ ނުވަތަ ތިން މީޓަރު ފުން ތަންތަން ކަމަށާއި އެ ފުންމިނުގައި ނަމަ ގާތްގަނޑަކަށް ދެ މަސް ދުވަހުން ނިންމައިލެވުނީސް ކަމަށް ވެސް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ފެނުގެ ދަށުން 3.5 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅިފައިވާއިރު އިތުރު ގާތްގަނޑަކަށް ދެ މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމުން ބިން ފެނުން މައްޗަށް އަރާނެއެވެ.

"އެމްއޭސީއެލުން މި ހިއްކަނީ 97 ހެކްޓަރު ފެނުން މައްޗަށް އަރާފަ މިހާރު މި ހުރީ 35 ހެކްޓަރު. ފެނުން މައްޗަށް ނޭރި ނަމަވެސް ހިކެމުން އެބަދޭ އެއަށްވުރެ މާ ބޮޑު ތަނެއް. ދެ ހަފްތާ ތިން ހަފްތާ ތެރޭ ބޮޑު ބައެއް ހިކިގެން ފެނުން މައްޗަށް އަރާ ތަން ފެންނާނެ" ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢު އަވަސްކުރުމަށް އެމްއޭސީއެލުން ބޭނުންކުރަމުން އަންނަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރެންޖް ޑްރެޖަރެވެ. ކުއީން އޮފް ނެދަލޭންޑްސް އަކީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެއް ކަމަށްވާއިރު އޮރެންޖް ޑްރެޖަރުގެ ހޮޕަ ކެޕޭސިޓީ އަކީ 22,000 ކިއުބިކް މީޓަރެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގިރާވަރުފަޅުން 4,072 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފައްޓަވާނެ ކަމަށް ރައީސް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ.

ހަބަރު ގިރާވަރުފާލު ޑރ. ޢަބްދުﷲ މުއްތަލިބު

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ހަބަރު 22 Aug 2026

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ
ހަބަރު 22 Aug 2026

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ

މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
ހަބަރު 22 Aug 2026

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
ހަބަރު 22 Aug 2026

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި

މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ހަބަރު 22 Aug 2026

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.