އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސީ(ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކައި އޮތް އެއް މިލިއަން ރުފިޔާ ދެ ފަހަރެއްގެ މަތިން ބަހާލައިގެން ދައްކައި ނިންމައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
ފައިސާ ދެއްކުމުގެ ގޮތާ މެދު ދެ ފަރާތުން ތަފާތު ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް ސިވިލް ކޯޓުގެ ޙުކުމުން ހާމަވެއެވެ. އަދީބުގެ ފަރާތުން ބޭނުންވީ ފުރަތަމަ އެއް ލައްކަ ރުފިޔާ ދެއްކުމަށް ފަހު ކޮންމެ މަހަކު 20000 ރުފިޔާ ދެއްކުމަށެވެ. ދައުލަތުން ހުށަހެޅީ ޖުމުލަ ފައިސާގެ 20 އިންސައްތައެއް ކަމަށްވާ ދެ ލައްކަ ރުފިޔާ ފުރަތަމަ ދެއްކުމަށް ފަހު ބާކީ ބައި މަހުން މަހަށް ދައްކާ ގޮތަށެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ޙުކުމުގައިވާ ގޮތުން އަދީބު ވަނީ ދެ ބުރަކަށް ބަހާލައިގެން އެ ފައިސާ ދައްކައިފައެވެ. މިދިޔަ ސެޕްޓެމްބަރު 11 ގައި އެއް ލައްކަ ރުފިޔާ ދެއްކުމަށް ފަހު ބާކީ ނުވަ ލައްކަ ރުފިޔާ މި މަހުގެ 13 ވަނަ ދުވަހު ދައްކައި ޚަލާޞް ކުރީއެވެ. އެއާ އެކު ޙުކުމް ތަންފީޒުކުރެވުނު ކަމަށް ކޯޓުން ކަނޑައެޅީއެވެ.
ދައުލަތާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ޙުކުމެއް އަދީބަށް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ޖަލު ޙުކުމުގެ ބާކީ މުއްދަތު ކުޑަކޮށްދެއްވައި އަދީބު އެއްކޮށް މިނިވަންވެފައިވެއެވެ. މި ޖޫރިމަނާ ދައްކައި ނިމުމާ އެކު އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް ފުރިހަމައަށް ތަންފީޒުވީއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް