އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި
އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.
ވޯޓު ލުމުގެ ޙައްޤަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމަށް ކޮންމެ ރައްޔިތަކަށް ލިބިފައިވާ ބޮޑު އަމާނާތެއް ކަމަށް ބަޔާންކޮށް ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ބަޔާނެއް ނެރެފިއެވެ.
އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.
"ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ހައްގަކަށްވާއިރު އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ" އީސީގެ ބަޔާނުގައިވެއެވެ.
"އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި ދީނާއި ގައުމަށް ތެދުވެރި ގާބިލު މީހަކު އިހުތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެކެވެ."
މި ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޮމިޝަނުގެ މެންބަރުންގެ ބަސްދީގަތުންތަކާއި ވޯޓުލުމުގެ ޙައްޤާއި ޒިންމާތަކާ ގުޅޭ ބައިތައް ހިމެނޭ ޚާއްޞަ ޕޮޑްކާސްޓެއް ހިމެނެއެވެ. އެ ޕޮޑްކާސްޓު މިއަދު މެންދުރުފަހު 2:30 ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށާއި އީސީގެ ސޯޝަލް މީޑިއާ ޗެނެލްތައް މެދުވެރިކޮށް ގެނެސްދޭން ވަނީ ހަމަޖެހިފައެވެ. އެއާ އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާސްހިސާބާއި ވީޑިއޯ ކްލިޕްތައް ޢާންމުންނާ ހިއްސާކުރުމަށް ވެސް ރާވާފައިވެއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް 25 ވަނަ ދުވަސް ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން އީސީން ނިންމީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފުތާ" ގެ ތެރެއިންނެވެ. އީސީން ބުނި ގޮތުގައި ފާއިތުވި ތިން އަހަރު މި ދުވަސް ތަފާތު ހަރަކާތްތަކާ އެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު ވޯޓުލާ މީހުންގެ ޢަދަދު އިތުރުކުރުމަކީ އެ ކޮމިޝަނުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާ މަސައްކަތެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް