Newscast
ހަބަރު

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ސުޕްރީމް ކޯޓް

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ކުރާ ދައުވާއެއް ބާތިލުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ކުރި މަސައްކަތް ނާކާމިޔާބުވެ ދަށު ކޯޓާއި ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާޤުވެ ނިންމީ ދަށު ދެ ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މައްސަލަ ލަސްވީ ހަމައެކަނި ދައުލަތުގެ ޢަމަލުތަކުގެ ސަބަބުން ނޫނެވެ. ގާޒީ ތަކުރާރުކޮށް ބަދަލުވުމާއި ވަކީލުންގެ އެދުމުގެ މަތިން އަޑުއެހުންތައް ކެންސަލުކުރަން ޖެހުމަކީ ވެސް ލަސްވުމުގެ ސަބަބެއް ކަމުގައި ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން މައްސަލަ ލަސްވެގެން އަސާސީ ޙައްޤެއް ގެއްލިފައިވާ ކަމަށް ބުނާ ނަމަ އެކަން ވަކި ދައުވާއެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށާއި ނަމަވެސް އެއީ ޖިނާއީ ދައުވާ ބާތިލުކުރެވޭ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.

މި ހުކުމާ އެކު 2017 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގައި ނުނިމި އޮތް އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދެވޭނެ މަގު ހުޅުވިގެން ދިޔައީއެވެ.

ހަބަރު ޖޭޕީ ސުޕްރީމް ކޯޓް

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ
ހަބަރު 22 Aug 2026

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ

މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
ހަބަރު 22 Aug 2026

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
ހަބަރު 22 Aug 2026

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި

މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
ހަބަރު 22 Aug 2026

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް )އިބުރާ(ގެ މާލެ ހައި ކުންފުންޏަށް ކުރިމަތިވި ގެއްލުންތައް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދީ 2020 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ފަހު މާލެ ހައި ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ދެކޮޅު ހެދުމުން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ އުފުލީއެވެ. މި ދައުވާއާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ.

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި
ހަބަރު 22 Aug 2026

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި

ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ގިރާވަރުފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެމްއެފްއެމްސީ(ގެ ބެލުމުގެ ދަށުން 70 ހެކްޓަރު ކުރިން ވަނީ ހިއްކައިފައެވެ. ނުހިއްކައި ބާކީ އޮތް 97.15 ހެކްޓަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާ ހަވާލުކޮށްގެންނެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު ދެ ފިޔަވައްސެއް އެއްކޮށް ބަލާނަމަ 105 ހެކްޓަރު މިހާރު ވަނީ ހިއްކައިފައެވެ.

ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި
ކުޅިވަރު 22 Aug 2026

ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު )ހަންނަ( އެވެ. ކެޕްޓަން ޢަލީ ފާސިރު )ސެންޓޭ( އޭރިއާ ތެރެއިން ފޮނުވައިލި ބޯޅައެއް ހަންނަ ގޯލުގެ ތެރެއަށް ފޮނުވައިލީ ބުރުގެ ގޯލްކީޕަރު ހަސަން ޢަލީފް އިބްރާހީމަށް އެއްވެސް ޗާންސެއް ނުލިބޭ ގޮތަށެވެ. ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި ސެންޓޭ ސްކޯ ދެ ގޯލަށް ބަދަލުކޮށްލީ ބުރުގެ ޑިފެންޑަރުންނަށް ބޯޅަ ދިފާޢުނުކުރެވި އޭރިއާ ރޮނގުމައްޗަށް ވެއްޓުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވައިލައިގެންނެވެ. ސެންޓޭ ބްރޭސް ފުރިހަމަކޮށް ތިންވަނަ ގޯލް ކާމިޔާބުކުރީ 58 ވަނަ މިނެޓުގައެވެ.