Newscast
ވިޔަފާރި

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު

ލިޔުނީ: އަހުމަދު އާހިލް ސައީދު 09 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
ފޯމިއުލާ ރޭހެއް.. ފޮޓޯ: ބީއެމްއެލް

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިތުރު މީހަކާ އެކު މި ތަޖުރިބާ ލިބޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ސިންގަޕޫރުގައި މިއަހަރު އޮންނަ ފޯމިއުލާ 1 ގްރޭންޑް ޕްރީ ބަލާލަންދިއުމުގެ ފުރުސަތު ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިތުރު މީހަކާ އެކު މި ތަޖުރިބާ ލިބޭނެއެވެ.

ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސް ލިބޭ އެމެކްސް ސްކައި ސޫޓް 2 ޓިކެޓާއި ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓާއި އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން ހިމެނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޚާއްޞަ ލައިފްސްޓައިލް މަންފާތަކާއި އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭ ފަދަ ތަފާތު ފުރުސަތުތައް ލިބިގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.


ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 23 Aug 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ހަބަރު 23 Aug 2026

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ހަބަރު 23 Aug 2026

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި
ވިޔަފާރި 23 Aug 2026

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި
ވިޔަފާރި 23 Aug 2026

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ހަބަރު 23 Aug 2026

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.