Newscast
ވިޔަފާރި

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 23 Aug 2026
ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި
ޑޮލަރު-

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް އެއްވެސް މިންވަރަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ.

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭއިން ނެރުނު ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު ރިސޯޓުތަކުގެ ތެރެއިން %78 ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް %20 ރިސޯޓުން އެ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ %20 ގެ ތެރެއިން ގިނަ ފަރާތްތަކުން ތަފާތު ސަބަބުތައް ދައްކައި ކޮންސެޝަނެއް ހޯދުމަށް އެދިފައިވީ ނަމަވެސް ޤާނޫނީ އިލްތިޒާމުތައް ފުއްދުން ލާޒިމުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ގެސްޓްހައުސް ޓޫރިސްޓް ހޮޓާ ސަފާރީ އަދި ހޯމްސްޓޭ ފަދަ ތަންތަން ހިމެނޭ ކެޓަގަރީ ބީ އަށް ބަލާއިރު %48 ތަނުން ފައިސާ މާރުކުރުން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ އިރު %37 ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިތުރު ފުރުޞަތު ދީ ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ ސީ ގައި %38 ތަނުން ރަނގަޅަށް ޑޮލަރު މާރުކުރި އިރު %29 ތަނުން އެއްގޮތަކަށް ވެސް މާރުކޮށްފައެއް ނުވެއެވެ. މި ކެޓަގަރީގެ ވިޔަފާރިތަކާ މެދު ގޮތެއް ނިންމެން އޮތީ ޤާނޫނަށް އިޞްލާޙު ގެނެސްގެން ކަމަށް ވާތީ އެ އިޞްލާޙު ހުށަހަޅާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ރިސޯޓުތަކުން މާރުކުރާ ޑޮލަރުގެ %90 ލިބެނީ އެމްއެމްއޭ އަށެވެ. އޭގެ ތެރެއިން %30 ބޭންކުތަކަށް ދޫކުރާ އިރު ދިވެހި ބޭންކުތަކަށް އިސްކަން ދެއެވެ. ބޭންކުތަކަށް އެ ގޮތުން ލިބޭ ޑޮލަރު ބޭނުންކުރަން ޖެހެނީ ޢާންމުންގެ ޒަރޫރީ ބޭނުންތަކާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށެވެ. އެ ޢަދަދުގެ ބޮޑު ބައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް ޚާއްޞަކުރެވެއެވެ. ހަމައެހެންމެ އެމްއެމްއޭގައި ބެހެއްޓޭ ޑޮލަރުގެ ބޮޑު ބައެއް ހޭދަކުރަނީ ތެލާއި ގޭހާއި ބޭހާއި އަސާސީ މުދާ އެތެރެކުރުމަށް ކަމަށް ވާތީ ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ސީދާ ފައިދާ ވިޔަފާރިތަކާއި ރައްޔިތުންނަށް ކުރެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 23 Aug 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ހަބަރު 23 Aug 2026

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ހަބަރު 23 Aug 2026

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި
ވިޔަފާރި 23 Aug 2026

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ހަބަރު 23 Aug 2026

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ޢާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަޤާމެއް ދެއްވައިފި
ހަބަރު 23 Aug 2026

ޢާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަޤާމެއް ދެއްވައިފި

ޢާޒިމާއަކީ ރާއްޖޭގެ ތާރީޚުގައި ބަންޑާރަނައިބުކަން ކުރެއްވި ފުރަތަމަ އަންހެން ބޭކަނބަލެވެ. ތިން ރިޔާސީ ދައުރެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އެކަމަނާ ފުރުއްވާފައިވެއެވެ.