Newscast
ހަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި ޝާހިދު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 15 Aug 2026
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި ޝާހިދު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އެ ޖަލްސާގައި ވިދާޅުވީ އިޤުތިޞާދީ އަދި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ރައްޔިތުން ތިބީ ވަރަށް ދަތި ޙާލެއްގައި ކަމަށާއި އެ މައްސަލަތައް ޙައްލުކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. ރައްޔިތުން ބޭނުންވި ކޮންމެ ބަދަލެއް ގެނައުމުގެ މޭސްތިރިންނަކީ އެމްޑީޕީގެ މެންބަރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ އައްޑޫ ހިތަދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި އިއުލާންކުރައްވައި ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އެ ޖަލްސާގައި ވިދާޅުވީ އިޤުތިޞާދީ އަދި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ރައްޔިތުން ތިބީ ވަރަށް ދަތި ޙާލެއްގައި ކަމަށާއި އެ މައްސަލަތައް ޙައްލުކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. ރައްޔިތުން ބޭނުންވި ކޮންމެ ބަދަލެއް ގެނައުމުގެ މޭސްތިރިންނަކީ އެމްޑީޕީގެ މެންބަރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ 2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ޕާޓީގެ ތެރޭގައި ހުރިހާ ފިކުރެއްގެ މެންބަރުން ގޮވައިގެން މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަޤީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ. ރިޔާސީ ޓިކެޓް ލިބިވަޑައިގެންފި ނަމަ ޕާޓީގެ ޢާންމު ހުރިހާ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ނަތީޖާ ނެރެދެއްވޭނެ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ އަޒުމުގައި މާތް ﷲގެ ހަޒުރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން" ޝާހިދު ވިދާޅުވިއެވެ.

ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ރީތި އުޞޫލުތައް ދެމެހެއްޓުމުގެ ޕާޓީ ކަމަށާއި ޕާޓީގެ އިސް މަޤާމެއްގައި ހުންނަވައިގެން އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ޕާޓީގެ ރައީސްކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި މަސައްކަތްކޮށްފައި ވާނީ މިދެންނެވި އުސޫލުން. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރުމާ އެކު މިއަދުން ފެށިގެން ފެށިގެން ޕާޓީގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާދީފިން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ސިޔާސީ ޙަޔާތްޕުޅު ފެއްޓެވީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ އަރިހުގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ޝާހިދު ރައީސް މައުމޫނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގައި ވެސް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.