ޒުވާނުންގެ ދުވަހާ ގުޅުވައި ހުޅުމާލޭގައި ބޭއްވި އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް ވިޔަފާރީގެ ދާއިރާއިން އެ ފަރާތްތަކަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ޒުވާނުންގެ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް ވިޔަފާރީގެ ދާއިރާއިން އެ ފަރާތްތަކަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
އެކްސްޕޯގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް އެއްވެސް އަގަކާ ނުލައި ސްޓޯލް ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.
މި ފުރުޞަތު ޚާއްޞަކޮށް އަމާޒުކޮށްފައި ވަނީ ކުރެހުމާއި އަތްތެރި މަސައްކަތާއި ފެޝަނާއި ޕްރިންޓިންގ އަދި އެ ނޫންވެސް ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ޒުވާން ވިޔަފާރިވެރިންނަށެވެ.
މި އެކްސްޕޯއަކީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް