ބޭރު ކޮންޓްރެކްޓަރުންގެ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ އިސްލާޙަށް މަސީން ޝުކުރު އަދާކޮށްފި
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގް ޓެކްސް ކުރިން އޮތީ %10 ގައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި 20 ގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެ ރޭޓް %5 އަށް ތިރިކުރެއްވިއެވެ. އެ ބަދަލާ އެކު ދިވެހި ކޮންޓްރެކްޓަރުން މީރާއަށް ދައްކާ ޓެކްސްއާ އަޅައިބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް ކުޑަވެ ދެ ފަރާތުގެ ދެމެދުގައި ހަމަހަމަ ވާދަވެރިކަން ގެއްލިގެންދިޔައެވެ.
ބޭރުގެ ކޮންޓްރެކްޓަރުން ދައްކާ ވިތްހޯލްޑިންގް ޓެކްސް %5 އިން %10 އަށް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާޙަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ތާއީދުކޮށް ޝުކުރު އަދާކޮށްފިއެވެ.
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގް ޓެކްސް ކުރިން އޮތީ %10 ގައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި 20 ގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެ ރޭޓް %5 އަށް ތިރިކުރެއްވިއެވެ. އެ ބަދަލާ އެކު ދިވެހި ކޮންޓްރެކްޓަރުން މީރާއަށް ދައްކާ ޓެކްސްއާ އަޅައިބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް ކުޑަވެ ދެ ފަރާތުގެ ދެމެދުގައި ހަމަހަމަ ވާދަވެރިކަން ގެއްލިގެންދިޔައެވެ.
މިހާރު ސަރުކާރުން ވަނީ އެ ފަރަގު ނައްތައިލައި ރޭޓް އަލުން %10 އަށް ގެނައުމަށް "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިސްލާޙެއް މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.
މަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ބަދަލަކީ ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ފައިދާ ހުރި ފިޔަވަޅެއް ކަމަށެވެ. ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވެސް ވަނީ މި ފިޔަވަޅުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ގެއްލިފައި އޮތް ހަމަހަމަ ފުރުޞަތު އިޢާދަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މީރާގެ ލަފާކުރުންތަކަށް ބަލާ އިރު މި އިސްލާޙު ފާސްވެއްޖެ ނަމަ ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވެރެޖުކޮށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ބިލާ މެދު ދެން ގޮތެއް ކަނޑައެޅޭނީ މަޖިލީހުގެ ކޮމިޓީ މަރުޙަލާއާއި ތަޅުމުގެ ވޯޓަށް ފަހުގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް