އެމްޑަބްލިއުއެސްސީގެ އިސް މުވައްޒަފުން ގިރިފުށީގައި ލީޑަޝިޕް ތަމްރީނު ފުރިހަމަކޮށްފި
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި ރަނގަޅު އަޚުލާޤާއި ދުރު ރާސްތާ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އޭގެ އިތުރުން ބައިވެރިންގެ ސާބިތުކަން ވަރުގަދަކުރުމަކީ ވެސް މި ތަމްރީނުގެ އެއް އަމާޒެވެ.
އެމްއެންޑީއެފްގެ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި "ލީޑަޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި ރަނގަޅު އަޚުލާޤާއި ދުރު ރާސްތާ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އޭގެ އިތުރުން ބައިވެރިންގެ ސާބިތުކަން ވަރުގަދަކުރުމަކީ ވެސް މި ތަމްރީނުގެ އެއް އަމާޒެވެ.
ފަހުމީ ވިދާޅުވީ މި ޕްރޮގްރާމުން ލިބުނު ޢިލްމާއި ތަޖުރިބާގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ ޓީމުތަކުގެ ޤާބިލުކަން މަތިވެ މުސްތަޤުބަލަށް ތައްޔާރަށް ތިބި ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ވެސް ކުރިއެރުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ ޤާބިލު ލީޑަރުން ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި ދިފާޢީ ވަޒީރާއި އެމްއެންޑީއެފްގެ ލީޑަޝިޕުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ޕްރޮގްރާމަކީ އެމްޑަބްލިއުއެސްސީގެ މެނޭޖީރިއަލް ފެންވަރުގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ސިފައިންގެ ތަމްރީނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް