ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާ ނޭވީގެ ބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާން ފަށައިފި
ފްލައިޓްރާޑާ އެޕުން ދައްކާ ގޮތުގައި ބޮއިން ޕީ 8އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ މަތީގައި 1500 ފޫޓުގެ އުސްމިނެއްގައި މިއަދު ދަތުރުކޮށްފައިވެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް )މުންދު( ވިދާޅުވި ގޮތުގައި ގެއްލުނު ފަރާތްތައް ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އެމެރިކާގެ އެހީ ހޯދަމުން އަންނަ ކަމަށެވެ.
ހުވަދޫ ކަނޑުގައި ސަޕްލައި ދޯންޏެއް އަޑިއަށް ދިއުމުގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް މިއަދު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފްލައިޓްރާޑާ އެޕުން ދައްކާ ގޮތުގައި ބޮއިން ޕީ 8އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ މަތީގައި 1500 ފޫޓުގެ އުސްމިނެއްގައި މިއަދު ދަތުރުކޮށްފައިވެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ގެއްލުނު ފަރާތްތައް ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އެމެރިކާގެ އެހީ ހޯދަމުން އަންނަ ކަމަށެވެ.
ނޭވީގެ އެ ބޯޓުން ހޯދުމުގެ މަސައްކަތް ފެށީ މިއަދު މެންދުރުފަހު 1:45 ގައި ކަމަށާއި ފަސް ގަޑިއިރު ވަންދެން އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނެފައިވެއެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ އެ ދޯންޏަކީ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ރާޅެއް އެރުމުގެ ސަބަބުން ދިޔަވި ދޯންޏެކެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ދޯނި ސަލާމަތްކުރުމަށް ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕިއާ އެކު ދޯނި ކަނޑުގެ އަޑިއަށް ދިޔައީ ކަމަށް ބެލެވިފައިވެއެވެ. ދޯނީގައި ކައްޕި މުޙައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިބި އިރު ހަމްދޫން ފިޔަވައި ދެން ތިބި އެންމެން ސަލާމަތްވެފައިވެއެވެ. ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނީ އެމްއެންޑީއެފްގެ އިބްރާހީމް އަޙުމަދާއި ފުލުހެއް ކަމަށްވާ ޢަލީ ނާފިޢުއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ދޯނި ބަންޑުން ޖަހައިލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1645 މީޓަރު (5489 ފޫޓު) ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. ޢާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް އެއް ކޮޅު ފެނު އަޑިއަށް ގޮސް ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ގެނބިގެންދާ މަންޒަރު ފެނެއެވެ.
މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު ތިން މީހުން ވެސް އަދި އެ ދޯނި ވެސް ފެނިފައެއް ނުވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް