Newscast
ހަބަރު

ދާރުއްސަލާމް ވަޤްފު ޢިމާރާތް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ފަށައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
ދާރުއްސަލާމް ވަޤްފު ޢިމާރާތް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ފަށައިފި
ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ ބިންގާ؛ ފޮޓޯ / ރައީސް އޮފީސް

244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން )އާރުސީސީ( އާއެވެ. ހުޅުމާލެ ޕްލޮޓް ނަންބަރު 11646 ގައި އަމީން އެވެނިއު ކުރިމައްޗަށް ވާ ގޮތަށް އިމާރާތްކުރާ މި ތަނުގައި ޒަމާނީ ވަސީލަތްތަކާ އެކު 13 ފަންގިފިލާ ހިމެނޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ފައިނޭންސް ކުރާ މި މަޝްރޫޢު 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމުގައިވާ ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ހުޅުމާލޭގައި ފަށައިފިއެވެ.

244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. ހުޅުމާލެ ޕްލޮޓް ނަންބަރު 11646 ގައި އަމީން އެވެނިއު ކުރިމައްޗަށް ވާ ގޮތަށް އިމާރާތްކުރާ މި ތަނުގައި ޒަމާނީ ވަސީލަތްތަކާ އެކު 13 ފަންގިފިލާ ހިމެނޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ފައިނޭންސް ކުރާ މި މަޝްރޫޢު 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

މި ޢިމާރާތުގައި ޕާކިން ސަރަޙައްދަކާއި ގްރައުންޑް ފްލޯގައި ރިސެޕްޝަނާއި އިތުރު ޕާކިން ވަސީލަތްތައް ޤާއިމުކުރާނެއެވެ. ހަމައެހެންމެ ކޮންފަރެންސް ހޯލަކާއި ޒަމާނީ އޮފީސް ބައިތަކާއި ބައްދަލުވުންތަކަށް ޚާއްޞަ ކޮޓަރިތަކާއި ނަމާދުކުރާ ކޮޓަރިއެއް ވެސް ހިމެނޭނެއެވެ. އޭގެ އިތުރުން ޑޭ ކެއަރ ސެންޓަރެއް ތަރައްޤީކުރާ އިރު ލިފްޓު ހަރުކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތް ހަމަޖައްސާނެއެވެ. ޢިމާރާތުގެ ރޫފް ޓޮޕް ފަރުމާކޮށްފައި ވަނީ ހުޅުވާލެވިފައިވާ ޓެރެސެއްގެ ގޮތުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ޢިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރާ އިރު ބާކީ %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢު ނިމުމަށް ފަހު ފަސް އަހަރު ވަންދެން ޢިމާރާތުގެ މެއިންޓެނެންސް ބެލެހެއްޓުން ވެސް އާރުސީސީން ކުރިއަށް ގެންދާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ވަޤްފު ފަންޑު ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދައިދިނުމުގެ މި މަޝްރޫޢުގެ ބިންގާ 26 ނޮވެމްބަރު 2025 ގައި އެޅުއްވައިދެއްވީ ރައީސް ޑރ. މުޢިއްޒެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ކުޅިވަރު 24 Aug 2026

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ކުޅިވަރު 24 Aug 2026

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ހަބަރު 24 Aug 2026

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.