ވީއައިއޭއަށް އައު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގައި މަޝްވަރާކުރަނީ
މި މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ވަފުދު ޒިޔާރަތްކުރަނީ މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގަށެވެ. ދަތުރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓު ކަމުގައިވާ ރަޝިއާއިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމެވެ.
ރަޝިއާއަށް މިހާރު ޒިޔާރަތްކުރަމުންދާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އިތުރު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޝްވަރާތައް ފަށައިފިއެވެ.
މި މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ވަފުދު ޒިޔާރަތްކުރަނީ މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގަށެވެ. ދަތުރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓު ކަމުގައިވާ ރަޝިއާއިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމެވެ.
ވަފުދުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި އެ ވުޒާރާގެ ބޭފުޅުންގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި އެމްއޭސީއެލް އާއި މޯލްޑިވިއަން އާއި ރިސޯޓް ލައިފް ޓްރެވަލް އާއި އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ. ދަތުރުގެ ތެރޭގައި ރަޝިއާގެ ސަރުކާރުގެ އިދާރާތަކާއި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކުރާނެއެވެ.
އެމްއޭސީއެލްއިން ބުނީ މިހާރު ވީއައިއޭއަށް ދަތުރުކުރާ އެއާލައިންތަކާ އެކު ދަތުރުތަކުގެ ފްރީކުއެންސީ އާއި ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ހޯދައި އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ދަތުރުތައް މެދުކެނޑުމެއް ނެތި ކުރެވޭނެ ގޮތް ހަމަޖެއްސުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އޭގެ އިތުރުން ވީއައިއޭއަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުޞަތުތަކާ ގުޅޭ ގޮތުންނާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން ބައިނަލްއަޤުވާމީ ބޮޑެތި މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ގުޅުން ވަރުގަދަކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް