ހޮރްމޫޒް ކަނޑުއޮޅީގައި ޔޫއޭއީގެ ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާ ސައޫދީން ކުށްވެރިކޮށްފި
ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަދަ ހަމަލާތައް ތަކުރާރުވަމުން ދިޔުމަކީ ނުރައްކާތެރި ދަރަޖައަކަށް ހާލަތު ގޯސްވެގެން ދިޔުން ކަމަށާއި ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ރައްކާތެރިކަމަށާއި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ސީދާ ގޮތުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމުގައެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ޔޫއޭއީގެ އެޑްނޮކް ކުންފުންޏަށް ނިސްބަތްވާ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ހަމަލާ ސައޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަދަ ހަމަލާތައް ތަކުރާރުވަމުން ދިޔުމަކީ ނުރައްކާތެރި ދަރަޖައަކަށް ހާލަތު ގޯސްވެގެން ދިޔުން ކަމަށާއި ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ރައްކާތެރިކަމަށާއި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ސީދާ ގޮތުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމުގައެވެ.
ސައޫދީ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ މި ހަމަލާތަކުގެ ފުރިހަމަ ޒިންމާ އީރާނުން ނަގަން ޖެހޭ ކަމަށް ބުނެފައެވެ.
އެ ވުޒާރާއިން ބުނީ "މި ހަމަލާތައް ދިނުން ވަގުތުން ހުއްޓައިލައި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރުމަށް" އީރާނަށް ގޮވައިލާ ކަމަށެވެ.
ހަމައެހެންމެ ޔޫއޭއީއާ އެކު ފުރިހަމައަށް އެއްބައިވެ އެކުގައި ތިބިކަން ސައޫދީ ޢަރަބިއްޔާއިން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ކަނޑުމަގެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް