އިންޑޮނޭޝިއާއަށް އައި 7.6 ގެ ބިންހެލުމުން ރާއްޖެއަށް ނުރައްކަލެއް ނެތް
އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 2:58 ހާއިރު އިންޑޮނޭޝިއާއަށް އައި މި ބިންހެލުން ރެކޯޑުކޮށްފައިވަނީ 7.6 މެގްނިޓިއުޑުގެ ބާރުމިނުގައެވެ.
އިންޑޮނޭޝިއާގެ އެންޑެ ސަރަޙައްދަށް ރޭ ދަންވަރު އައި ވަރުގަދަ ބިންހެލުމެއްގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 2:58 ހާއިރު އިންޑޮނޭޝިއާއަށް އައި މި ބިންހެލުން ރެކޯޑުކޮށްފައިވަނީ 7.6 މެގްނިޓިއުޑުގެ ބާރުމިނުގައެވެ.
ބިންހެލުން އައި ސަރަޙައްދު މާލެއާ ދެމެދު 5482 ކިލޯމީޓަރުގެ ދުރުމިނެއް ހުރި ކަމަށް ވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
އިންޑޮނޭޝިއާއަކީ ދޭތެރެ ދޭތެރެއިން ބިންހެލުންތައް ތަޙައްމަލުކުރަމުންދާ ޤައުމެއް ނަމަވެސް މީގެ ކުރިން ވެސް އެ ސަރަޙައްދަށް އަންނަ ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ކޮށްފައެއް ނުވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް