އީރާނުގެ މަޖިލީހުން "ޢަދާވާތްތެރި މީޑިއާ" އަށް އިންޓަވިއު ދިނުން ޖިނާއީ ކުށަކަށް ހަދަން ފާސްކޮށްފި
މި ނިންމުން އައިސްފައި ވަނީ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްތިއުމާރީ އިސްރާއީލުން ދެކުނު ލުބުނާނަށް ދިން ހަމަލާތަކުގައި 11 މީހަކު މަރުވެ 19 މީހަކު ޒަޚަމްވެފައިވާ އިރު ޙިޒްބުﷲ ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ބުންޏެވެ. ލުބުނާނުގެ ދެކުނުގެ އަވަށްތަކުން ރައްޔިތުން ދަނީ ފައިބަމުންނެވެ.
އެމެރިކާއާއި އީރާނާ ދެމެދު ޤާއިމުކޮށްފައި އޮތް 60 ދުވަހުގެ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ފަހު ދުވަހާ ދިމާކޮށް "ޢަދާވާތްތެރި މީޑިއާ" ގެ ގޮތުގައި ސިފަކުރާ ފަރާތްތަކަށް އިންޓަވިއު ދިނުން އިތުރަށް ޖިނާއީ ކުށަކަށް ހެދުމަށް އީރާނުގެ ޕާލަމެންޓުން މިއަދު ވޯޓު ދީފިއެވެ.
މި ނިންމުން އައިސްފައި ވަނީ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްތިއުމާރީ އިސްރާއީލުން ދެކުނު ލުބުނާނަށް ދިން ހަމަލާތަކުގައި 11 މީހަކު މަރުވެ 19 މީހަކު ޒަޚަމްވެފައިވާ އިރު ޙިޒްބުﷲ ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ބުންޏެވެ. ލުބުނާނުގެ ދެކުނުގެ އަވަށްތަކުން ރައްޔިތުން ދަނީ ފައިބަމުންނެވެ.
ސަރަޙައްދީ އެހެން ކަންކަމަށް ބަލާ އިރު ޙޫޘީ ޖަމާޢަތުގެ ޑްރޯނުތައް ޔަމަނުގެ މޮޚާއަށް އަމާޒުކޮށްފައިވާ ކަމަށް އަލް ޢަރަބިއްޔާ އިން ރިޕޯޓުކޮށްފައިވެއެވެ. ޔަމަނުންވެސް ޙޫޘީންނާ ދެކޮޅަށް އަސްކަރީ ޢަމަލިއްޔާތެއް ހިންގާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ހަމައެހެންމެ ޤަޠަރުން އީރާނުގެ ޕައިލެޓުންގެ ކަންކަން ތަޙުޤީޤުކުރަން ހުރަސް އެޅި ކަމުގެ ތުހުމަތު އީރާނުން ކޮށްފައިވާ އިރު އީރާނުގެ ވައިގެ ސިފައިންގެ ޓީމެއް ޤަޠަރަށް ވެއްދުމަށް ހުއްދަ ދިނުމަށް އީރާނުގެ އޮފިޝަލެއް ގޮވައިލައިފައިވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހެދި އެއްބަސްވުމުގައި 14 ނުކުތާއެއް ހިމެނެއެވެ. ޢޫމާނުގައި ކުރިއަށްދާ މަޝްވަރާތަކާއި ހރުމުޒް ކަނޑުއޮޅި ހުޅުވައިލުމުގެ މައްސަލައަކީ ދެ ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ބުންޏެވެ. ޓްރަމްޕް އީރާނާ ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތާ މެދު ގަލްފުގެ ޤައުމުތައް ކެތްތެރިކަން ކުޑަވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެޑްނޮކް ޓޭންކަރުތަކަށް އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ.
ޢިރާޤާއި އީރާނުގެ ބޯޑަރު ކައިރިން ރިކްޓާ މިންގަނޑުން 3.8 ގެ ބިންހެލުމެއް އައިސްފައިވާ އިރު ފިނި މޫސުމުގެ މުޒާހަރާތަކުގައި ބައިވެރިވި ކަމުގެ ކުށުގައި އީރާނުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވެއެވެ. މި ހުރިހާ ކަމެއް ހިނގަމުންދާ އިރު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ހަމަވާ ދުވަހާ އެކު ސަރަޙައްދީ މަސްރަޙު ބައްޓަންވާނެ ގޮތް ބެލުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ނަޒަރު ވަނީ ހުއްޓިފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް