Newscast
ވިޔަފާރި

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 23 Aug 2026
ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި
ރައީސް ޑރ، މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރުމަށް ބާއްވާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ބާސެލޯސް ނަސަންދުރާ މާލެ ހޮޓެލްގައި މިއަދު ފަށައިފިއެވެ.

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގައި ފަސް ޕެނަލް މަޝްވަރާއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި އިންވެސްޓްމަންޓު ޝޯކޭސްތައް ހިމެނެއެވެ. އެ މާކެޓްޕްލޭސްގައި ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި ސަރުކާރުތަކާއި އެހީދޭ ފަރާތްތަކުގެ ތެރެއިން 15 ބައިވެރިންގެ މަސައްކަތްތަކާއި އުފެއްދުންތައް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެޓްވޯކިން ފުރުޞަތުތައް ވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ފޯރަމް ރާއްޖޭގައި ބާއްވާ ސަބަބެއް ކަމަށް ސަރުކާރުން ވިދާޅުވީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ސިޑްސްގެ ހަތަރު ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސް ނަންގަވައި ކުދި ޖަޒީރާ ޤައުމުތަކުގެ ގުޅުން ބަދަހިކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތް ހޯދުމަށް ބާރު އެޅުއްވުމުގެ ނަތީޖާ ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕްލޭނަރީ ސެޝަންތައް ޗެއާ ކުރައްވައި ޕެނަލްތަކުގައި ބައިވެރިވެވަޑައިގެން ފޯރަމްގެ ހަވާސާގައި ހައި-ލެވަލް އިވެންޓުތައް ބާއްވަވައިފައެވެ. އަދި ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާ ކުރެއްވީ ވެސް ރާއްޖެއިންނެވެ.

މި ފޯރަމް ބާއްވާ ނިޒާމަށް 10 އަހަރު ފުރޭ މި ދަނޑިވަޅާ ދިމާކޮށް 2024 ވަނަ އަހަރުގެ ބައްދަލުވުމުގައި ފާސްކުރި ކުދި ޖަޒީރާ ޤައުމުތަކުގެ 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ފާސްކުރި ފަހުން ބާއްވާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމެއްގެ ގޮތުގައި މި ފޯރަމް ވެސް ފާހަގަކޮށްލެވެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ރާއްޖެ ޒަމާނުއްސުރެ އަދާކޮށްފައިވާ ދައުރު މި ފޯރަމާ އެކު އަލުން ވަރުގަދަވެ އެ ދާއިރާގައި ބައިނަލްއަޤުވާމީ ފެންވަރުގައި ބަސްވިކޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ފެނިގެންދާނެ ކަމަށެވެ.

މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 23 Aug 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ހަބަރު 23 Aug 2026

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ހަބަރު 23 Aug 2026

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި
ވިޔަފާރި 23 Aug 2026

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ހަބަރު 23 Aug 2026

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ޢާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަޤާމެއް ދެއްވައިފި
ހަބަރު 23 Aug 2026

ޢާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަޤާމެއް ދެއްވައިފި

ޢާޒިމާއަކީ ރާއްޖޭގެ ތާރީޚުގައި ބަންޑާރަނައިބުކަން ކުރެއްވި ފުރަތަމަ އަންހެން ބޭކަނބަލެވެ. ތިން ރިޔާސީ ދައުރެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އެކަމަނާ ފުރުއްވާފައިވެއެވެ.