ޤައުމީ ދުވަހާ ގުޅިގެން އުތީމުގައި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވައިފި
ރައީސް މި ބިނާ ހުޅުއްވައިދެއްވީ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޣާޒީ ބަންޑާރައިންގެ ތާރީޚީ އަސަރުތައް ރައްކާތެރިކުރުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މި ބިނާ ހުޅުއްވައިދެއްވީ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ދަޢުވަތު އެރުވުނު ޢިއްޒަތްތެރީންނާއި ރަށުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރަސްމީކޮށް ދޮރާށި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިނާ ބައްލަވައިލައްވައިފައެވެ.
މި ދޮރާށްޓަކީ ޣާޒީ ބަންޑާރައިންގެ ތާރީޚީ ތަރިކަ ޙިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ބިނާއެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް