އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި އެއް މައްސަލައަކާ ގުޅިގެން އެންމެ ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެއަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅެވޭނެ ގޮތް ހެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.
މިހާރު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން ކުރިން ހުށަހެޅިފައިވާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާ ފިޔަވަޅެއް އެހެން ޕެޓިޝަނެއްގައި ހިމެނިގެން ނުވާނެއެވެ. އެ ހަމައިގެ ސަބަބުން އެއް ބިލަކާ ގުޅޭ ގޮތުން ތަފާތު ރައުޔެއް ފާޅުކުރުމަށް ވެސް ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ބަންދުވެފައެވެ.
މި އިސްލާޙު ހުށަހެޅުމުގެ ފަހަތުގައި އޮތީ ލާމަރުކަޒީ ޤާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާޙާ ގުޅޭ ޕެޓިޝަންގެ މައްސަލައެވެ. އެ އިސްލާޙު އަނބުރާ ގެންދިއުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިފައިވާއިރު ހަމަ އެ ބިލު އަވަސްކުރުމަށް ގޮވާލައި ވެސް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް މިހާރު ޤަވާޢިދު އޮތް ގޮތުން އެ ދެވަނަ ޕެޓިޝަން ހުށަހެޅުމުގެ ޖާގައެއް ނެތެވެ.
އާންމު ކޮމިޓީގެ ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް