Newscast
ކުޅިވަރު

ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި
އަލީ އަޝްފާގު؛ ފޮޓޯ / މިހާރު

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު )ހަންނަ( އެވެ. ކެޕްޓަން ޢަލީ ފާސިރު )ސެންޓޭ( އޭރިއާ ތެރެއިން ފޮނުވައިލި ބޯޅައެއް ހަންނަ ގޯލުގެ ތެރެއަށް ފޮނުވައިލީ ބުރުގެ ގޯލްކީޕަރު ހަސަން ޢަލީފް އިބްރާހީމަށް އެއްވެސް ޗާންސެއް ނުލިބޭ ގޮތަށެވެ. ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި ސެންޓޭ ސްކޯ ދެ ގޯލަށް ބަދަލުކޮށްލީ ބުރުގެ ޑިފެންޑަރުންނަށް ބޯޅަ ދިފާޢުނުކުރެވި އޭރިއާ ރޮނގުމައްޗަށް ވެއްޓުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވައިލައިގެންނެވެ. ސެންޓޭ ބްރޭސް ފުރިހަމަކޮށް ތިންވަނަ ގޯލް ކާމިޔާބުކުރީ 58 ވަނަ މިނެޓުގައެވެ.

އަނިޔާގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު ޢަލީ އަޝްފާޤް (ދަގަނޑޭ) އެނބުރި ކުޅެން ނުކުތް މެޗުގައި ދިރާގު ދިވެހި ލީގުގައި ބުރު ސްޕޯޓްސް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓުން މޮޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއިން ފޮނުވައިލި ބޯޅައެއް ހަންނަ ގޯލުގެ ތެރެއަށް ފޮނުވައިލީ ބުރުގެ ގޯލްކީޕަރު ހަސަން ޢަލީފް އިބްރާހީމަށް އެއްވެސް ޗާންސެއް ނުލިބޭ ގޮތަށެވެ. ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި ސެންޓޭ ސްކޯ ދެ ގޯލަށް ބަދަލުކޮށްލީ ބުރުގެ ޑިފެންޑަރުންނަށް ބޯޅަ ދިފާޢުނުކުރެވި އޭރިއާ ރޮނގުމައްޗަށް ވެއްޓުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވައިލައިގެންނެވެ. ސެންޓޭ ބްރޭސް ފުރިހަމަކޮށް ތިންވަނަ ގޯލް ކާމިޔާބުކުރީ 58 ވަނަ މިނެޓުގައެވެ.

ދަގަނޑޭ ދަނޑަށް ނުކުތީ 80 ވަނަ މިނެޓުގައެވެ. އޭނާ ގަލޮޅު ދަނޑުގައި އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ފަހަރު ޕްރެޒިޑެންޓްސް ކަޕް މެޗެއްގައި ކުޅެނިކޮށް ކަކުލަށް އިތުރު އަނިޔާއެއް ލިބި ކުޅުމާ ދުރަށް ދާން ޖެހުނީއެވެ.

ގާތްގަނޑަކަށް ހަ އަހަރު ކުރީއްސުރެ ކަކުލަށް ލިބެމުން ދިޔަ އަނިޔާއަށް ފަރުވާ ހޯދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާގައި އޭސީއެލް އޮޕަރޭޝަނެއް ކުރުމަށް ފަހު ދަގަނޑޭ ބައެއް ފުޓްސަލް މުބާރާތްތަކުގައި ކުޅެ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުއާ ގުޅުނެވެ. ދިރާގު ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗުގައި ބެންޗުގައި އިނުމަށް ފަހު ސާޖަރީ ނުކޮށް ފިޓްވެވޭތޯ ނިއު އިން ކުރި މަސައްކަތް ކާމިޔާބު ނުވުމުން މެނިސްކަސް އޮޕަރޭޝަނެއް ކުރީއެވެ. ދަގަނޑޭގެ ކަކުލުގެ އަނިޔާ ބޮޑުވީ 2022 ވަނަ އަހަރުގެ ކުރީކޮޅު ވެލެންސިއާ އަށް ސީޒަން ހުޅުވި މެޗުގައި ކުޅުމަށް ފަހުގައެވެ. އޭގެ ކުރިން 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ޤައުމީ ޓީމަށް ކުޅުނީ ވޭނާ އެކުގައެވެ.

މި މޮޅާ އެކު ނިއު 23 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ޖެހިލި އިރު ކުރީގައި އޮތީ 34 ޕޮއިންޓާ އެކު މާޒިޔާއެވެ. ދެވަނައިގައި 28 ޕޮއިންޓް ހޯދައިގެން އޮޑި ސްޕޯޓްސް އޮތް އިރު ބަލިވި ބުރު 20 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތެވެ. ކުރީގައި ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ 40 އަހަރުގެ ދަގަނޑޭ މިހާރު ގުނަމުން ދަނީ ކެރިއަރުގެ ފަހު ދުވަސްތަކެވެ.

ކުޅިވަރު ނިއު ރޭޑިއެންޓް އަލީ އަޝްފާގު

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ
ހަބަރު 22 Aug 2026

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ

މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
ހަބަރު 22 Aug 2026

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
ހަބަރު 22 Aug 2026

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި

މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ހަބަރު 22 Aug 2026

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
ހަބަރު 22 Aug 2026

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް )އިބުރާ(ގެ މާލެ ހައި ކުންފުންޏަށް ކުރިމަތިވި ގެއްލުންތައް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދީ 2020 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ފަހު މާލެ ހައި ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ދެކޮޅު ހެދުމުން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ އުފުލީއެވެ. މި ދައުވާއާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ.

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި
ހަބަރު 22 Aug 2026

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި

ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ގިރާވަރުފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެމްއެފްއެމްސީ(ގެ ބެލުމުގެ ދަށުން 70 ހެކްޓަރު ކުރިން ވަނީ ހިއްކައިފައެވެ. ނުހިއްކައި ބާކީ އޮތް 97.15 ހެކްޓަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާ ހަވާލުކޮށްގެންނެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު ދެ ފިޔަވައްސެއް އެއްކޮށް ބަލާނަމަ 105 ހެކްޓަރު މިހާރު ވަނީ ހިއްކައިފައެވެ.