ދެކުނު ލުބުނާނުގެ އަންޞާރަށް އިސްތިއުމާރީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަތް މީހުން މަރުވެއްޖެ
ލުބުނާނުގެ ޤައުމީ ޚަބަރު އެޖެންސީ )އެންއެންއޭ( އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންޞާރުގެ ބޭރުގެ ސަރަޙައްދުތަކާއި ނަބާތިއެ އަލް ފައުޤާގެ ކައިރި ހިސާބުތަކަށް ތިން ވައިގެ ހަމަލާ ދީފައިވެއެވެ.
ދެކުނު ލުބުނާނުގެ ނަބާތިއެ ޑިސްޓްރިކްޓުގެ އަންޞާރު ރަށަށް އިސްތިއުމާރީ އިސްރާއީލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ފަތިހު ދިން ވައިގެ ހަމަލާތަކެއްގައި ހަތް މީހުން މަރުވެ ތިން މީހަކު ޒަޚަމްވެއްޖެއެވެ.
ލުބުނާނުގެ ޤައުމީ ޚަބަރު އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންޞާރުގެ ބޭރުގެ ސަރަޙައްދުތަކާއި ނަބާތިއެ އަލް ފައުޤާގެ ކައިރި ހިސާބުތަކަށް ތިން ވައިގެ ހަމަލާ ދީފައިވެއެވެ.
ޒެރާރިއެ އާ ދިމާއަށް އޮންނަ އަންޞާރުގެ ބޭރުގައި ހުރި ގެއަކަށް ހަމަލާ ދީ އެ ޢިމާރާތް އެއްކޮށް ބިމާ ހަމަކޮށްލާފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ހަމަލާ ދިން ސަރަޙައްދުގައި ސަލާމަތީ ޓީމުތަކުން ގެންދަނީ ކުނިބުނީގެ ތެރެ ބަލައި ޝަހީދުވީ ފަރާތްތަކާއި ޒަޚަމްވީ މީހުން ނަބާތިއެގެ ހޮސްޕިޓަލްތަކަށް ގެންދަމުންނެވެ.
އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ލުބުނާނަށް ހަމަލާ އަމާޒުކުރަމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް