ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ޖުމްލަ 1،150 ހެކްޓަރު ހިއްކުމަށް ރާވާފައިވާ މި މަޝްރޫޢުގެ ތެރެއިން 716 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވެއެވެ. ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ހައްދުންމަތީ ގަން ކަމަށް ވިޔަސް ރަސްމާލެ މިހާރު އެ ރަށަށް ވުރެ 107 ހެކްޓަރު ބޮޑު ކަމަށް ނާޝިދު ވިދާޅުވިއެވެ.
ބިންހިއްކުމުގެ މަޝްރޫޢުގެ 62 އިންސައްތައަށް ވުރެ ބޮޑު ބައެއް ނިންމައި ރަސްމާލެއަކީ މިހާރު ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ރާވާފައިވާ މި މަޝްރޫޢުގެ ތެރެއިން 716 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވެއެވެ. ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ހައްދުންމަތީ ގަން ކަމަށް ވިޔަސް ރަސްމާލެ މިހާރު އެ ރަށަށް ވުރެ 107 ހެކްޓަރު ބޮޑު ކަމަށް ނާޝިދު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގާ މި މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަޤީންވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރެއިން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފެށި ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. މަސައްކަތް އަވަސްކުރުމުގެ ގޮތުން މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހު އެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކޮށްފައިވެއެވެ. ރަސްމާލެ ތަރައްޤީކުރުމުގެ މާސްޓާ ޕްލޭން އެކުލަވައިލުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ކުރިއަށް ގެންދެއެވެ. އެ ޕްލޭނުގެ ތެރެއިން ތިމާވެށްޓާ ރަށްޓެހި ތަރައްޤީއާއި ޔުޓިލިޓީ ޚިދުމަތާއި ދަތުރުފަތުރާއި ޚާއްޞަ އެހީ ބޭނުންވާ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރާނެއެވެ.
ދުނިޔޭގެ އިޤުތިޞާދީ މަޑުޖެހުމާ ގުޅިގެން މި މަޝްރޫޢަށް ވެސް ކޮންމެވެސް ވަރެއްގެ ލަސްކަމެއް ކުރިމަތިވި ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް