ރެއާލް މެޑްރިޑްގެ ތަރިން މޮރީނިއޯގެ ކޯޗުކަމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފި
ޕޯޗުގަލްގެ ބެންފީކާގައި ހުއްޓައި ރެއާލުން ސޮއި ހޯދި މޮރީނިއޯއަކީ ޗެލްސީ އިންޓަމިލާން ޕޯޓޯ އަދި ކުރިން ރެއާލްގައި ވެސް ކާމިޔާބީ ހާސިލުކޮށްފައިވާ ކޯޗެކެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެންފީކާ ގޮވައިގެން ރެއާލް ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކުރި ހަނދާން އައު އިރު އެ ކާމިޔާބީގެ ޒާތީ ތަޖުރިބާ ހުރި ކޯޗެއްގެ ގޮތުގައި ކުޅުންތެރިން މޮރީނިއޯ ސިފަކުރެއެވެ.
ތަށްޓެއް ނުހޯދި ދެ ސީޒަން ފާއިތުވުމަށް ފަހު ރެއާލް މެޑްރިޑުން އައު ސީޒަނަށް ކޯޗުކަމަށް ގެނައި ހޯސޭ މޮރީނިއޯއާ އެކު މަސައްކަތް ކުރެވޭތީ އެ ޓީމުގެ މުހިންމު ކުޅުންތެރިން އުފާ ފާޅުކޮށްފިއެވެ.
ޕޯޗުގަލްގެ ބެންފީކާގައި ހުއްޓައި ރެއާލުން ސޮއި ހޯދި މޮރީނިއޯއަކީ ޗެލްސީ އިންޓަމިލާން ޕޯޓޯ އަދި ކުރިން ރެއާލްގައި ވެސް ކާމިޔާބީ ހާސިލުކޮށްފައިވާ ކޯޗެކެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެންފީކާ ގޮވައިގެން ރެއާލް ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކުރި ހަނދާން އައު އިރު އެ ކާމިޔާބީގެ ޒާތީ ތަޖުރިބާ ހުރި ކޯޗެއްގެ ގޮތުގައި ކުޅުންތެރިން މޮރީނިއޯ ސިފަކުރެއެވެ.
އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނީ "އޭނާ އަކީ މޮޅު ކޯޗެއް. ހާއްސަކޮށް މޮޅުވާން އެނގޭ ކޯޗެއް. އަހަރެން މިހުރީ އޭނާ ފަދަ ކޯޗަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފަލުން. އޭނާ އައުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިދިޔަ ސީޒަނުގައި އެކަނި ވެސް އޭނާ ވަނީ އެކަން ސާބިތު ކޮށްދީފައި" ކަމަށެވެ.
ވޭތުވެ ދިޔަ ދެ ސީޒަނުގައި ރެއާލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމުގައިވާ ފްރާންސްގެ ކެޕްޓަން އަދި ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކީލިއަން އެމްބާޕޭ ވެސް ވަނީ މޮރީނިއޯއާ ދޭތެރޭ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ. އެމްބާޕޭ ބުނީ "އޭނާ އަކީ ކާމިޔާބު ހޯދާ ކޯޗެއް. އަހަރުމެންނަށް ޔަގީން މި ސީޒަނުގައި އަހަރުމެން ތަށި ހޯދާނެކަން. ސަބަބަކީ ކޯޗަކީ މޮޅުވާން ބޭނުންވާ މޮޅުވާން އެނގޭ ކޯޗެއް. މޮރީނިއޯގެ ތައާރަފަށް އެކަކު ވެސް ބޭނުމެއް ނުވާނެ. އަހަރުމެންނަށް އެނގޭ އޭނާގެ ވަނަވަރާއި ސީވީ އޮތީ ކިހިނެތްކަން. މި ފެންވަރުގެ ކޯޗަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ވެސްމެ" ކަމަށެވެ.
މޮރީނިއޯގެ ކުރިން ފާއިތުވި ދެ ސީޒަނުގައި ރެއާލުން ތިން ކޯޗެއް ބޭނުންކޮށްފައިވެއެވެ. އެއީ އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީ އާއި ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޒަބީ އަލޮންސޯ އާއި އަލްވާރޯ އާބެލޯއާ އެވެ. އަންޗެލޯޓީ މިހާރު ހުރީ ބްރެޒިލްގެ ޤައުމީ ޓީމުގައެވެ. އާބެލޯއާ ފުލަމްގައި އަދި އަލޮންސޯ ޗެލްސީގައި ކޯޗުކަން ކުރަމުން ގެންދެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް