މި ސަމާލު ހިނގާ ވަގުތުތަކަކީ މިއަދު ހެނދުނު 05:15 އިން ފެށިގެން 11:00 އާ ދެމެދުގެ ވަގުތުތަކެވެ.
ބޯކޮށް ވާރޭވެހި ގުގުރައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ހިނގާ ވަގުތުތަކަކީ މިއަދު ހެނދުނު 05:15 އިން ފެށިގެން 11:00 އާ ދެމެދުގެ ވަގުތުތަކެވެ.
ސަމާލު ޝާމިލުވާ ސަރަޙައްދަކީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހިމެނޭ ސަރަޙައްދެވެ.
އެ އިދާރާއިން ބުނީ ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މި ސަމާލުގެ ވަގުތު ހަމަވާނީ މިއަދު ހެނދުނު 11:00 ގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް