އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އދ.ގެ 16 އިދާރާއެއްގެ އެހީތެރިކަން ހިމެނޭ ގޮތަށް ދިވެހި ސަރުކާރާއި އދ.އާ ދެމެދު ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި ފްރޭމްވަރކް ތައްޔާރުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި އދ.ގެ އޭޖެންސީތަކާއި މަދަނީ ޖަމިއްޔާތަކާއި ތަޢުލީމީ ދާއިރާއާއި ވިޔަފާރި ސެކްޓަރާއި ތަރައްޤީގެ ބައިވެރީންނާ އެކު ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކެއްގެ އަލީގައެވެ. އިންސާނީ ވަސީލަތާއި ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހިންގުންތެރިކަން ފަދަ ދާއިރާތަކަށް މި އެއްބަސްވުމުގައި އިސްކަންދީފައިވެއެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ ރާއްޖެއަކީ ނާޒުކު ވެއްޓެއް އޮތް ޤައުމެއް ކަމުގައި ވީ ނަމަވެސް އިންސާނީ ވަސީލަތާއި ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނަތީޖާ ނެރެވޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ "2031 ވަނަ އަހަރު މާޒީއަށް ބަލާ ދިވެހިންނަށް ކުރިއެރުން ލިބިފައިވާކަން ފެންނަން އޮތްނަމަ އެއީ މިއަދު ފެށޭ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަން ފެންނަން އޮންނާނެ. އެހެންވުމުން ބައިބަޔަށް މިކަން ނުކުރެވޭނެ. އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ. އެއީ ރައީސްގެ ޚާރިޖީ ސިޔާސަތަކީވެސް" ކަމަށެވެ.
އދ.ގެ މަންދޫބު ހާއޯ ޖަންގް ވިދާޅުވީ މި އެއްބަސްވުން ޢަމަލީ ގޮތުން ފެށިގެންދަނީ ރާއްޖެއާއި އދ.ގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރާ ދިމާކޮށް ކަމަށެވެ. "އަޅުގަނޑުމެންގެ އައު އޮނިގަނޑު 3 ކަމަކަށް އިސްކަން ދޭ. އެއީ އިންސާނީ ވަސީލަތް ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އަދި ހިންގުންތެރިކަން. މި ކަންކަން ފާހަގަކުރެވުނީ ރާއްޖޭގެ ކަންކަޅުތަކުން ކުރެވުނު މަޝްވަރާތަކާއި ބޭއްވުނު ބައްދަލުވުންތަކުގެ އަލީގައި. މިކަންކަން ޤައުމީ ތަރައްޤީ ދައްކުވައިދޭއިރު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ" ކަމަށް މަންދޫބު ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމާއި ޒިންމާދާރުކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ޙާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މަގުޗާޓެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް