Newscast
ހަބަރު

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
އެމްޑަބްލިއުއެސްސީގެ ޢިމާރާތް - ފޮޓޯ: އެމްޑަބްލިއުއެސްސީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކަނޑުގެ 500 މީޓަރު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކޮށް އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭސަލް ފީސިބިލިޓީ ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަރޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓަރ ކަނޑަށް ދޫކުރުމަށް ފަސޭހަވުމާއި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެ. އޯރގަނިކް މެޓަލް މަދު މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެ." ފަހުމީ ވިދާޅުވިއެވެ.

ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ބިން ހޯދުމުގައި މިހާރުވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ކަނޑުގެ އަޑީގައި ފެން އުފެއްދޭނެ ގޮތް ހެދިއްޖެނަމަ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ނޯވޭގައި މި ނިޒާމު ކާމިޔާބު ކަމާ އެކު ހިނގަމުންދާތީ އެ ތަޖުރިބާ ދެނެގަތުމަށް އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް ނޯވޭއަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ތިލަމާލެ ބުރިޖާ ގުޅުވައިގެން މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށް ހޮޅި އެޅުމުގެ މަޝްރޫޢެއް ވެސް ރާވާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާ ނިޒާމެއް ބިނާކޮށް އެ ތަނުން މާލެއާއި ހުޅުމާލެއަށް ފެން ފޮނުވުމަށް ރާވާފައިވާ ކަމަށާއި ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް އެ މަޝްރޫޢު ފެށުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ. މި ދެ މަޝްރޫޢަކީ ވެސް ބޮޑު ހޭދައެއް ހިނގާނެ ބިޔަ މަޝްރޫޢުތައް ކަމަށް ފަހުމީ ސިފަކުރެއްވިއެވެ.

ހަބަރު އެމްޑަބްލިއުއެސްސީ

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ދުނިޔެ 22 Aug 2026

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހަބަރު 22 Aug 2026

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.