ޒަކާތާއި ވަގުފު ފަންޑުން 300 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށް އެބަދޭ
ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ އެ ފަންޑަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ވަގުފު ފަންޑުވެސް ކުރިއަރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ސުވާލުގައި މެންބަރު އިބްރާހީމް ހުސައިން އެއްސެވީ ޚާރިޖީ ގުޅުންތައް ބޭނުންކޮށްގެން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އެހީ ހޯދުމަށް ކުރައްވާ މަސައްކަތާ ގުޅޭ ގޮތުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ޒަކާތު ފަންޑާއި ވަގުފު ފަންޑު މެދުވެރިކޮށް 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓެއް މިހާރުވެސް ހިނގަމުންދާ ކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ އެ ފަންޑަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ވަގުފު ފަންޑުވެސް ކުރިއަރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ސުވާލުގައި މެންބަރު އިބްރާހީމް ހުސައިން އެއްސެވީ ޚާރިޖީ ގުޅުންތައް ބޭނުންކޮށްގެން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އެހީ ހޯދުމަށް ކުރައްވާ މަސައްކަތާ ގުޅޭ ގޮތުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން ކިންގް ސަލްމާން ސެންޓަރުގެ މަސައްކަތަށް ފޮނުވަން އޮތް 16.8 މިލިޔަން ރުފިޔާ މީގެ މަހެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރާއި ދެ އަހަރެއްހާ ތެރޭގައި އެ ވުޒާރާއަކީ މާލީ ގޮތުން ވަރަށް ތަނަވަސް ވުޒާރާއަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުން. މިހާރު ހުރި ގިނަ ދަތިތައް އޭރުން ހައްލުވާނެ. މިހާރު ދާއިމީ ހައްލެއް ހޯދާކަށް އަޅުގަނޑުމެންނަށް މަސައްކަތެއް ކުރެވިފައެއް ނެތް އެންމެ އެދެވޭ މިންވަރަށް. މިސްކިތެއް އަޅާލުން ދެން މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހޯދިފައެއް ނެތް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޒަކާތާއި ވަގުފު ފަންޑުގެ އިންވެސްޓްމަންޓްތައް ފުޅާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ އެ ވުޒާރާ ހިންގުމުގެ ތަޞައްވުރުގެ ތެރެއިންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް