ދުންފަތާ ދުރު އެތުލީޓުންނަށް އެކަނި ޤައުމީ ޓީމުތަކުން ޖާގަ ދިނުމަށް އަމާޒު ހިފައިފި
މި ނިންމެވުން އައީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދުންފަތާއި ނިކޮޓިނުން ލިބޭ ގެއްލުންތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޤައުމީ ކެމްޕެއިނާއި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފަދަ ކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ދުންފަތުގެ އިސްތިޢުމާލުކުރާ ކުޅުންތެރިންނަށް ޤައުމީ ޓީމުތަކުން ފުރުޞަތު ނުލިބޭ ގޮތް ހެދުމަށް ޚާއްޞަ ލަނޑުދަނޑިތަކެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުން އައީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދުންފަތާއި ނިކޮޓިނުން ލިބޭ ގެއްލުންތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޤައުމީ ކެމްޕެއިނާއި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފަދަ ކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އެ ބައްދަލުވުމުގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ރޭޓުތައް މުރާޖަޢާކުރުމާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސަބް ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ހަމައެއާ އެކު ރަށްރަށުގައި ޙަރަކާތްތެރިވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތައް ބައިވެރިކޮށްގެން ދުންފަތާއި ނިކޮޓިނުގެ ނުރައްކާ އަންގައިދޭ ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިތުރަށް ފުޅާކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
މި ނިންމެވުންތަކަކީ ސަރުކާރުން ކުރިއަށް ގެންދާ އެކި މަޝްރޫޢުތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކުގެ ތެރެއިން ނިންމެވި ނިންމެވުންތަކެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް