Newscast
ކުޅިވަރު

ބެޒޯސްގެ ހިއްސާ އޮންނަ 1982 ހޯލްޑިންގްސް އިން ލިވަޕޫލްގެ ހިއްސާ ގަނެފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 15 Aug 2026
ބެޒޯސްގެ ހިއްސާ އޮންނަ 1982 ހޯލްޑިންގްސް އިން ލިވަޕޫލްގެ ހިއްސާ ގަނެފި
ޖެފް ބޭޒޯސް؛ ފޮޓޯ / މާރކާ

ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ފާހަގަކުރެވޭ ބެޒޯސްގެ އިތުރުން 1982 ހޯލްޑިންގްސްގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި މިލިއަނަރ އަމިތް ބަޓިއާ އާއި ފޭސްބުކްގެ ކޯ ފައުންޑާ އެޑުއާޑޯ ސަވެރިންއެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ހިއްސާ 1982 ހޯލްޑިންގްސް އަށް ވިއްކައިލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ.

އެމޭޒަންގެ ބާނީ ޖެފް ބެޒޯސް ހިއްސާވާ 1982 ހޯލްޑިންގްސް ކިޔާ ކުންފުންޏަކުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލްގެ ތިންބައިކުޅަ އެއްބައިގެ ހިއްސާ ގަތުމަށް އެއްބަސްވެފައިވާ ކަމަށް އެ ކްލަބު ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕުން ހާމަކޮށްފިއެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ފާހަގަކުރެވޭ ބެޒޯސްގެ އިތުރުން 1982 ހޯލްޑިންގްސްގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި މިލިއަނަރ އަމިތް ބަޓިއާ އާއި ފޭސްބުކްގެ ކޯ ފައުންޑާ އެޑުއާޑޯ ސަވެރިންއެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ހިއްސާ 1982 ހޯލްޑިންގްސް އަށް ވިއްކައިލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލިވަޕޫލްގެ ބޯޑުގައި ބެޒޯސް ނީންނާނެއެވެ. ނަމަވެސް ބަޓިއާ ކްލަބުގެ ވައިސް ޗެއާމަންގެ މަޤާމަށް އައްޔަންކުރެވޭނެއެވެ. މަޝްހޫރު ބިލިއަނަރ ލަކްޝްމީ މިއްޓަލްގެ ދަނބި ދަރިއެއް ކަމުގައިވާ ބަޓިއާ އަކީ ޕްރިމިއާ ލީގުގެ ކްލަބް ކުއީންސް ޕާކް ރޭންޖާސްގެ ޑިރެކްޓަރު އަދި ކޯ އޯނަރެއްގެ ގޮތުގައި 18 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

މި ހިއްސާ ބަދަލުވުމާ ގުޅިގެން މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ބޮޑު ހޭދައެއްކޮށް އިތުރު ކުޅުންތެރިން ގެނައުމުގެ ރޭވުމެއް ނެތް ކަމަށް ކްލަބުން ބުނެފައިވެއެވެ.

މިވަގުތު ގަނެފައިވަނީ ކުޑަ ހިއްސާއެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި ހިއްސާ އިތުރުކުރުމުގެ ފުރުޞަތު 1982 ހޯލްޑިންގްސް އަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގެ ބާރުގެ ދަށަށް ދިއުމުގެ ފުރުޞަތު އޮތެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.