ރައީސަށް ތުހުމަތުކުރި އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރި މައްސަލައިގައި، ސަރުކާރުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ގަޒުފުގެ ދައުވާ އުފުލައިފިއެވެ.
އަހުމަދު އާހިލް ސައީދު

ޤާނޫނުލްޢުޤޫބާތުގެ ދަށުން އީޝާގެ މައްޗަށް އުފުލާފައިވަނީ ގަޒުފުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އީޝާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ މީހެކެވެ.
އީޝާ ރައީސަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތައް ކޮށްފައިވަނީ އަދަދު ނޫހުން ޢާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައެވެ. އެ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާ ރައީސަށް ނިސްބަތްކޮށް ވަރަށް ހުތުރު ތުހުމަތުތައް ކޮށްފައިވެއެވެ.
އެ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކާ ކަމަށް ބެލެވެނީ ދައުވާ އުފުލާފައިވާ އީޝާ ކަމަށް ވެއެވެ. މި ތުހުމަތުތަކާ ގުޅިގެން އީޝާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް