ފްރެންޑް 4 ދޯނީގެ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ހާދިސާއާ ގުޅިގެން ދިފާޢީ ވުޒާރާއާއި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިތުރުން އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ބޭރުގެ ފަންނީ އެހީތެރިކަން ހޯދަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ހާދިސާއާ ގުޅިގެން ދިފާޢީ ވުޒާރާއާއި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިތުރުން އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ބޭރުގެ ފަރާތްތަކާ އެކީ ކުރެވެމުންދާ މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭނުންވާ ފަންނީ ވަސީލަތްތައް ހޯދުން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އަޑިއަށް ދިޔަ ދޯންޏާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ އެހީ ހޯދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މެދުކެނޑުމެއް ނެތި އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ޚާރިޖީ ވުޒާރާއިން ވަނީ ދެއްވާފައެވެ.
ފްރެންޑް 4 ދޯނީގެ ހާދިސާގައި ގެއްލުނު ފަރާތްތައް ހޯދުމުގެ އޮޕަރޭޝަން ދައުލަތުގެ ގިނަ އިދާރާތަކެއް ގުޅިގެން ކުރިއަށް ގެންދެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް