ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި
ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.
އައްޑޫ ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގައި އިއްޔެ ކާނާވިހަވެގެން 24 ދަރިވަރަކަށް ފަރުވާ ދިން އިރު އޭގެ ތެރެއިން ގިނަ ކުދިން ދޫކޮށްލައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ ދެ ކުދިންނަށް ކަމަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފިއެވެ.
ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.
މަޢުލޫމާތު އެނގޭ އިސް އޮފިޝަލަކު ވިދާޅުވީ އޭއީއެޗްގައި މިވަގުތު ތިބި ދެ ދަރިވަރުންގެ ހާލު ވެސް ހަމަޖެހިފައިވާ ކަމަށެވެ. ބާކީ ތިބި ކުދިންގެ ހާލު ރަނގަޅުވުމާ ގުޅިގެން އެ ކުދިން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
ކާނާވިހަވުން ކުރިމަތިވީ ކޮން ކެއުމަކުން ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. "ކާނާ ވިހަވީ ކޯއްޗަކަށް ކަމެއް އަދި ނޭނގޭ ޕޮލިހުން ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ" އެ އޮފިޝަލު ވިދާޅުވިއެވެ. ކޭމްޕަށް ކެއުން ތައްޔާރުކޮށްދިނީ ބުރުޒު ކޭޓަރިންގެ ފަރާތުން ކަމަށް އެނގިފައިވެއެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ބަލަން ފަށާފައިވާ އިރު މި ފަހަރުގެ ކެޑޭޓް ކޭމްޕުތައް ގިނަ ސްކޫލުތަކުގައި ތިން ދުވަހަށް ކުރިއަށް ގެންގޮސް ފަހު ދުވަހަކީ މިއަދެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް