ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ތ. ވިލުފުށީ މޫނިމާގެ އާދަމް ޢަދްލާން ލަޠީފުގެ މައްޗަށް އޮރިޔާން ކާޑާ ގުޅޭ ގޮތުން ކުރި ދެ ދަޢުވާ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ނެތުމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ކޯޓަށް ހުށަހެޅީ ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން ކޮމްޕިއުޓަރ ސިސްޓަމެއްގައި އެނގިހުރެ ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާ އާއި 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ދަޢުވާ ކުރުމުގެ ފިޔަވަޅު ނާޅައި ދޫކޮށްލައިފި ނަމަ ފަހުން ޤާނޫނީ ގޮތުން ދަޢުވާ ކުރެވެން އޮތް މަގު ބަންދުވާނެތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ކޯޓަށް ހުށަހެޅުމަށް ފަހު މައްސަލައިގެ ލިޔެކިޔުންތައް ފުނަށް މުރާޖަޢާ ކުރުމުން ހަތަރު ސަބަބެއް ފާހަގަވި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ފުރަތަމައީ ޢަދްލާން ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ކަމަށް ނުވަތަ އެހެން ފަރާތަކަށް ފޮނުވި ކަމަށް ނުވަތަ އެ ބާވަތުގެ ނެޓްވޯކަކާ ގުޅުމެއް އޮތް ކަމަށް ދައްކާ ހެއްކެއް ނެތުމެވެ. ދެވަނައީ ފުލުހުން ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ހިފެހެއްޓި ނަމަވެސް އެ ތަކެއްޗާ ޢަދްލާނާ ގުޅުވައިލެވޭ ވަރަށް ހެކި ލިބިފައި ނެތުމެވެ. ތިންވަނައީ ޢަދްލާނާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާން ކާޑު ފެނުނު ނަމަވެސް އެއީ ކުޑަކުދިންގެ އޮރިޔާން ކާޑު ކަމަށް ސާބިތުކޮށްދެވޭ ވަރަށް ހެކި ނެތުމެވެ. ހަތަރުވަނައީ ކުރިއަށް ގެންދެވެން އޮތީ ހަމައެކަނި އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާ ކަމަށް ވެފައި އެ ކުށުގެ އެންމެ ބޮޑު އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުން ކަމަށް ވީ ނަމަވެސް ޢަދްލާން ތަޙުޤީޤު ބަންދުގައި 28 ދުވަސް ހޭދަކޮށްފައި ވާތީ ސާބިތުވިޔަސް އިތުރަށް ތަންފީޛުކުރާނެ އަދަބެއް ނޯންނާނެ ކަމެވެ.
މި ސަބަބުތަކާ ހުރެ ދަޢުވާ ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތެއް ނެތް ކަމަށް ނިންމައި ޕީޖީ އޮފީހުން ވަނީ ދެ ދަޢުވާ ވެސް ކްރިމިނަލް ކޯޓުން އަނބުރާ ގެންގޮސްފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް