އެމްޓީސީސީ މުވައްޒަފުންގެ ފްލެޓް މަޝްރޫޢަށް ހުޅުމާލެ ދޭކުން ބިން ހަމަޖައްސައިފި
ކުރިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެމްޓީސީސީން މިހާރު ތައްޔާރުވަމުން ދަނީ މުޅިން އާ މަޝްރޫޢެއް ފެށުމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( މެދުވެރިކޮށް ގަންނަ އެ ބިމާ ގުޅޭ އިދާރީ ކަންތައް ހަމަޖެއްސުމަށް ސައުދީ ހިމެނިވަޑައިގަންނަވާ އިސްވެރީންގެ ޓީމެއް އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ބައްދަލުކުރައްވައިފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ މަޝްރޫޢެއް ފެށުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސެއް 12000 އަކަފޫޓުގެ ބިމެއް ހޯދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ މިއަދު ވިދާޅުވެއްޖެއެވެ.
ކުރިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެމްޓީސީސީން މިހާރު ތައްޔާރުވަމުން ދަނީ މުޅިން އާ މަޝްރޫޢެއް ފެށުމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ގަންނަ އެ ބިމާ ގުޅޭ އިދާރީ ކަންތައް ހަމަޖެއްސުމަށް ސައުދީ ހިމެނިވަޑައިގަންނަވާ އިސްވެރީންގެ ޓީމެއް އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ބައްދަލުކުރައްވައިފައެވެ.
"އެ ބިން މިހާރު އޮތީ ގާތްގަނޑަކަށް ލިބިފައި. އެ ބިމުގައި އަޅާނެ އިމާރާތުގެ ސައިޒާއި ކިތައް ކޮޓަރިތޯ އާއި ކިހާ އުސްމިނެއްތޯ ނިންމުމުގެ މަރުހަލާ މިހާރު ކުރިއަށް މިދަނީ. މިސާލަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓު ހަދައިފި ނަމަ ކިތައް ޔުނިޓުތޯ ބޭނުންވާނީ އެކަންކަން މިހާރު މި ކަނޑައަޅަނީ. އެކަމަށް މުވައްޒަފުންގެ ހިޔާލު ވެސް ހޯދާނެ" ސައުދީ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސައުދީ ވިދާޅުވިއެވެ. ދައުލަތުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރުވެސް ހުޅުމާލޭގައި ފްލެޓުތަކެއް އިމާރާތްކޮށްފައިވެއެވެ.
ކުރީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ 2017 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ފުލޯގެ ދެ ޓަވަރު އެޅުމަށް ހިންގި މަޝްރޫޢެކެވެ. އެ ފަހަރު ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓު ދީގެން އެ މަޝްރޫޢު ހަވާލުކުރި ކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އެމްޓީސީސީގެ އޭރުގެ ސީއީއޯ ހަސަން ޝާހާއި ޖެނެރަލް މެނޭޖަރު ޝިފާއު ޢަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ހުސައިން ޒުހުރީ އާއި މުހައްމަދު ނާޒިމް އަދި އިސްމާޢީލް އަދުހަމްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީޢަތް މިހާރު އޮތީ އިބްތިދާއީ މަރުހަލާގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް