އީރާނާ ދެކޮޅު ހަނގުރާމަ ނިންމާނެ ގޮތެއް ހޯދައިދިނުމަށް އެމެރިކާގެ އިސް ކޮމާންޑަރު އެދިވަޑައިގެންފި
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނެރަލް ކެއިން މި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައި ވަނީ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އާ އެވެ. ވައިގެ ހަމަލާތައް އިތުރު ކުރުމަކީ ޞުލްޙައިގެ މޭޒަށް އީރާން ގެނެވޭނެ ވެސް ކަމެއް ނޫން ކަމަށް ކެއިން ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ ހަތިޔާރު ގުދަނުގައި ހުރި ދުރު-ރާސްތާ މިސައިލާއި ދިފާޢީ މިސައިލްގެ ޢަދަދު ވެސް ނުރައްކާ މިންވަރަކަށް މަދުވެފައިވާ ކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ހަނގުރާމަ ފުޅާ ކުރަން ސަރުކާރުން ނިންމައިފި ނަމަ އީރާނަށް ބޮޑެތި ގެއްލުންތައް ދެވޭ ވަރުގެ ޤާބިލުކަން އެބަހުރި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން އެދެވޭ ނަތީޖާއެއް ނުފެނި ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރާ އެކު ހަމަނުޖެހުންތައް ހުއްޓައިލެވޭނެ މަގެއް ހޯދައިދެއްވުމަށް އެމެރިކާގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ޖެނެރަލް ޑޭން ކެއިން ސަރުކާރުގެ އިސް ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނެރަލް ކެއިން މި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައި ވަނީ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އާ އެވެ. ވައިގެ ހަމަލާތައް އިތުރު ކުރުމަކީ ޞުލްޙައިގެ މޭޒަށް އީރާން ގެނެވޭނެ ވެސް ކަމެއް ނޫން ކަމަށް ކެއިން ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ ހަތިޔާރު ގުދަނުގައި ހުރި ދުރު-ރާސްތާ މިސައިލާއި ދިފާޢީ މިސައިލްގެ ޢަދަދު ވެސް ނުރައްކާ މިންވަރަކަށް މަދުވެފައިވާ ކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ހަނގުރާމަ ފުޅާ ކުރަން ސަރުކާރުން ނިންމައިފި ނަމަ އީރާނަށް ބޮޑެތި ގެއްލުންތައް ދެވޭ ވަރުގެ ޤާބިލުކަން އެބަހުރި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހު ޢުދުވާން ފުޅާ ކުރެއްވުމަށް ރައީސް ޓްރަމްޕް ނިންމެވި ނަމަވެސް އީރާނުގެ ރައްދު ހަމަލާތައް ގަދަވެދާނެ ކަމުގެ ބިރަށް ސަރަޙައްދީ ބާރުތަކުގެ އެދުމާ އެއްގޮތަށް އެ ނިންމެވުން ވަނީ ފަސްކުރައްވައިފައެވެ. މަސްރަޙު ދިރާސާ ކުރައްވާ ފަރާތްތައް ފާހަގަ ކުރައްވާ ގޮތުގައި ޑިޕްލޮމެސީގެ ޒަރީޢާއިން ޙައްލެއް ހޯދުމަށް ފުރުޞަތު ދެއްވައި ސިޔާސީ ކާމިޔާބީއެއް ދެއްކެވޭނެ ގޮތެއް ހޯއްދެވުމަށް ޓްރަމްޕް ސަރުކާރުން މަސައްކަތް ކުރަމުން ގެންދެއެވެ.
ފެބުރުވަރީ 28 ގައި ފެށި މި ހަނގުރާމައިގައި ބޮޑެތި ހަމަލާތައް އީރާނުގެ މަދަނީ ވަސީލަތްތަކަށް އަމާޒުކޮށްފައިވާ އިރު ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް ގަލްފުގައި ހުރި އެމެރިކާގެ އެކި އަމާޒުތަކަށް ވަރުގަދައަށް ހަމަލާ ދީފައެވެ. ޖޫން މަހު ޕާކިސްތާނާއި ޤަޠަރު މެދުވެރިވެގެން ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއް ހެދުނު ނަމަވެސް ކަނޑުއޮޅި ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނާއި ޢުމާން ގުޅިގެން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ދަނީ ހުރަސްތަކާ އެކީގައެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސިފައިންގެ ޢާއިލާތައް ވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރުގައި ތިބި 5,000 އަށް ވުރެ ގިނަ ސިފައިންގެ ޢާއިލާތައް ވަނީ އެ ސިފައިންގެ ޞިއްޙީ އަދި ނަފްސާނީ ޙާލަތާއި ރައްކާތެރި ކާބޯތަކެތި ނުލިބުމުގެ މައްސަލައިގައި ކަނޑުގެ ސިފައިންގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި 200 ޢާއިލާއަކުން ބައިވެރިވިއެވެ. މެދުނުކެނޑި 259 ދުވަސް ކަނޑުމަތީގައި ހޭދަކޮށްފައިވާ އެ މަނަވަރުގެ ބަދަލުގައި ޔޫއެސްއެސް ތިއޮޑޯ ރޫސެވެލްޓް ފޮނުވުމަށް ތައްޔާރީތައް ވަމުންދާ ކަމަށް ޚަބަރު ލިބެއެވެ. އެހެން ނަމަވެސް ދަތުރު ފެށޭނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް