Newscast
ވިޔަފާރި

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަން ރުފިޔާ އާ ގާތަށް

ލިޔުނީ: Ahmed Ibrahim 07 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަން ރުފިޔާ އާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިން... ފޮޓޯ: އެމްއައިސީ

މޯލްޑިވްސް އިންފްލައިޓް ކެޓަރިންނަށް 2025 ވަނަ އަހަރު ލިބުނު އާމްދަނީ ބިލިއަން ރުފިޔާ އާ ގާތަށް ޖެހިލައިފިއެވެ. އޮޑިޓް އޮފީހުން ނެރެފައިވާ އިންފްލައިޓްގެ އޮޑިޓްގެ މާލީ ބަޔާންތަކަށް ބަލާއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެތަނަށް ވަނީ 59.9 މިލިއަން ޑޮލަރު ލިބިފައެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ، 923.6 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގެ ތެރޭގައި ހިންގުމުގެ ހަރަދަށް 17 މިލިއަން ޑޮލަރު، 262 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

މޯލްޑިވްސް އިންފްލައިޓް ކެޓަރިންނަށް 2025 ވަނަ އަހަރު ލިބުނު އާމްދަނީ ބިލިއަން ރުފިޔާ އާ ގާތަށް ޖެހިލައިފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އިންފްލައިޓްގެ އޮޑިޓްގެ މާލީ ބަޔާންތަކަށް ބަލާއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެތަނަށް ވަނީ 59.9 މިލިއަން ޑޮލަރު ލިބިފައެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ، 923.6 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގެ ތެރޭގައި ހިންގުމުގެ ހަރަދަށް 17 މިލިއަން ޑޮލަރު، 262 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

އިންފްލައިޓް ކޭޓަރިންގެ މިދިޔަ އަހަރު ލިބުނު އާމްދަނީއަށް ބަލާއިރު، ކޭޓަރިންގެ އޮޕަރޭޝަންތަކަށް 28.6 މިލިއަން ޑޮލަރު ކެބިން ހޭންޑްލިން އާމްދަނީއަށް 5.8 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި ހުޅުލޭ އައިލެންޑް ހޮތަލުގެ އޮޕަރޭޝަންތަކަށް ކޮޓަރިތަކުން 5.4 މިލިއަން ޑޮލަރު ލިބުނުއިރު، ފުޑް އެންޑް ބެވަރެޖުން ވަނީ 4.4 މިލިއަން ޑޮލަރު ލިބިފައެވެ. ރިސޯޓް އޮޕަރޭޝަންތަކަށް ބަލާއިރު، ރޫމް އަދި ފުޑްއެންޑް ބެވަރޭޖުން ވަނީ ޖުމްލަ 14.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މިދިޔަ އަހަރު އިންފްލައިޓް ކޭޓަރިންގެ އިދާރީ ހަރަދުގެ ގޮތުގައި 394 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަވެފައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު 260.5 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުނީގެ މިދިޔަ އަހަރުގެ ސާފްފައިދާއަކީ، 222.04 މިލިއަން ރުފިޔާއެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 161 މިލިއަނަށް އަރައެވެ. 

ލިޔުންތެރިޔާ

Ahmed Ibrahim

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި
ހަބަރު 20 Aug 2026

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި

އެ ބައްދަލުވުން ފައްޓަވައިދެއްވައި ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ލަނޑުދަނޑިއެއް ބިނާވަނީ ފުޅާ ދާއިރާއެއްގައި ފަންނީ ދިރާސާކޮށް ސާބިތު ހެއްކަށް ބެލުމަށް ފަހު ނަތީޖާ ނެރެވޭނެ ގޮތަށް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ވަބާއާ ދެކޮޅަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދީ މުހިންމު ނިންމުންތައް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި
ހަބަރު 20 Aug 2026

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި

އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި
ހަބަރު 20 Aug 2026

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި
ހަބަރު 20 Aug 2026

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި

މި މަހުގެ ހަ ވަނަ ދުވަހު ފެށި އެ ފުރުސަތުގެ ސުންގަޑިއަކީ މިއަދު ކަމުގައި ކުރިން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި
ހަބަރު 20 Aug 2026

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި

އެ އޮފީހުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ޔަޒްމީދު މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް އަދާކުރައްވައިފައެވެ.

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ
ހަބަރު 20 Aug 2026

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ

"ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭނުގެ އޮނިގަނޑާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބައްދަލުކުރާނީ ގަލޮޅުގެ ރައްޔިތުންނާ ކަމަށާއި އެ ބައްދަލުވުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ވިލިމާލޭގެ ރައްޔިތުންނަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.