ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ޔޫރަޕުގެ ކުންފުންޏެއް ކަމަށްވާ ހައިޕަބެރިކްސް ޔޫރަޕުން ޑައިވިން ކުއްލި ހާދިސާތަކުގައި ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް މިއަދު ހަދިޔާކޮށްފިއެވެ.
އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އިންޓެގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހަވާލުކުރި މި ޔުނިޓު ހަދިޔާކުރި ކުންފުނީގެ ދީލަތި އެހީތެރިކަމަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިން ކުއްލި ހާދިސާތަކާއި އެ ނޫން ވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބަލިމީހުންނާއި އަނިޔާ ލިބިފައިވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދާ ވަގުތު ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ބޭނުންކުރެވޭ ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ވަސީލަތެކެވެ.
ކަނޑުގެ ބޮޑު ސަރަޙައްދެއް ހިމެނޭ ރާއްޖެ ފަދަ ޤައުމެއްގައި ސިފައިން ހިންގާ ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް މި ޔުނިޓުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް