ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމަހަމަކޮށް ގިނަ ޤައުމުތަކާ ގުޅުން ބަދަހިވަނީ
ކުރީގެ ސަރުކާރުތަކުން ޚާރިޖީ ގުޅުންތައް ބައްޓަންކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ. ބައެއް ފަހަރު ރައްޔިތުންގެ ރުހުމެއް ނެތި ވަކި ޤައުމުތަކާ ގާތްކަން ބޭއްވި އިރު އަނެއް ބައި ފަހަރު ކޮންމެވެސް އެއް ޤައުމަކަށް މާބޮޑަށް ބަރޯސާވެގެން ސިޔާސަތު ކުރިއަށް ގެންދިޔައެވެ.
ދިވެހިރާއްޖޭގެ ކަންކަމުގައި ގޮތް ނިންމާނީ ދިވެހިން ކަމުގެ ސިޔާސަތު ބައިނަލްއަޤުވާމީ މައިދާނުގައި ފާޅުގައި ހާމަކުރަމުން ދާއިރުވެސް އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވަމުން އެބަދެއެވެ.
ކުރީގެ ސަރުކާރުތަކުން ޚާރިޖީ ގުޅުންތައް ބައްޓަންކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ. ބައެއް ފަހަރު ރައްޔިތުންގެ ރުހުމެއް ނެތި ވަކި ޤައުމުތަކާ ގާތްކަން ބޭއްވި އިރު އަނެއް ބައި ފަހަރު ކޮންމެވެސް އެއް ޤައުމަކަށް މާބޮޑަށް ބަރޯސާވެގެން ސިޔާސަތު ކުރިއަށް ގެންދިޔައެވެ.
މިގޮތަށް ކަންކަން ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފެނިފައި އޮތީ ބޭރު ބައެއްގެ ނުފޫޒުގެ ދަށުގައި އޮންނަ ޤައުމެއްގެ ސިފައިގައެވެ.
ނަމަވެސް މިހާރުގެ ޚާރިޖީ ސިޔާސަތުގެ މިސްރާބު ތަފާތެވެ. ވަކި ޤައުމަކަށް ބުރަނުވެ ގިނަ ޤައުމުތަކާ އެއްފަދައެއްގައި ގުޅުން ދެމެހެއްޓެން އޮތްކަން މިއަދުގެ ސިޔާސަތުން ދައްކައިދެއެވެ.
ދިވެހި ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމުގެ ތެރެއަށް ބޭރު ފަރާތްތަކުން ވަނުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫންކަން ސާފުކޮށް ހާމަކުރަމުން ހުރިހާ ޤައުމަކާ ވެސް ހަމަހަމަ ގުޅުމެއް ބިނާކުރުމުގެ މަގުގައި ރާއްޖެ ކުރިއަށް ދާކަން ފާހަގަކުރެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް