އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި
އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.
އަންހެނުންނާއި ކުޑަކުދިންނާއި ނާޒުކު ޙާލަތުގައި ތިބި ފަރާތްތަކަށް ކުރާ އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ފެމިލީ އެންޑް ވެލްފެއާ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.
ޖިންސީ ތަފާތުކުރުމުގެ ސަބަބުން ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ގޮތުގައި ޖުމްލަ 54 މައްސަލައެއް ރެކޯޑުކޮށްފައިވެއެވެ. އެ ބައިގައި އެންމެ ބޮޑު ޢަދަދެއް ހިއްސާކުރަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން އަންހެނުންނަށް ޖިސްމާނީ ގޮތުން އަނިޔާކުރި 27 މައްސަލައެއް ހިމެނޭ އިރު ފިރިހެނުންނަށް އަނިޔާކުރި ފަސް މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ގެވެށި އަނިޔާގެ ތެރެއިން ޖިސްމާނީ އަނިޔާއަށް ފަހު ދެން އެންމެ ގިނައީ ނަފުސާނީ އަނިޔާގެ މައްސަލަތައް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ނަފުސާނީ އަނިޔާގެ 12 މައްސަލައެއް އެ ވުޒާރާއަށް ހުށަހަޅާފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް