މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާންކޮށް ރަނިންމޭޓަކަށް އާޒިމް ހަމަޖައްސައިފި

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނުކުރައްވައި، ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަނޑައަޅުއްވައިފިއެވެ.

އަހުމަދު އާހިލް ސައީދު

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާންކޮށް ރަނިންމޭޓަކަށް އާޒިމް ހަމަޖައްސައިފި

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނުކުރައްވައި، ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަނޑައަޅުއްވައިފިއެވެ.

ފައިސަލް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ގާތުން ބައްލަވައި، ޕާޓީގެ އިސް ފަރާތްތަކާއި ޢާންމު ރައްޔިތުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހު އެ ނިންމެވުން ނިންމެވީ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން މި މަސައްކަތަށް ލިބިވަޑައިގެންފައިވެއެވެ. ފައިސަލް ވިދާޅުވީ ނުކުންނަވަނީ ފަސޭހަ ކަމެއް ކުރައްވާކަށް ނޫން ކަމަށާއި، ވަރުގަދަ ޓީމަކާ އެކީ މި ދަތުރު ފެއްޓެވީ ކަމަށެވެ.

"އަޅުގަނޑު ނިންމައިގެން މި ހުރީ الله އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،" ފައިސަލް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފައިސަލް އާރްޓީއެލް ފަދަ މުހިންމު މަޝްރޫޢުތައް ކޮންމެ ދުވަހަކު ގާތުން ބައްލަވަމުން ގެންދެވި ކަމަށާއި އެމަނިކުފާނަކީ މުރާލި ލީޑަރެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މި ހުރީ،" އާޒިމް ވިދާޅުވިއެވެ.

ފައިސަލް ނަސީމަކީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރު ވަނަ ބޭފުޅާއެވެ. މީގެ ކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.